އެމްޑީޕީން ނެރެފައިވާ އިއުލާނެއްގައި ވަނީ އެޕާޓީން މިހާރު ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ކުުރިމަތިލުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ.
އެމްޑީޕީން ވަނީ މިމަގާމަށް ކުރިމަތިލާން އެދޭ މެންބަރުން 07 ޑިސެމްބަރު 2016 ވާ ބުދަ ދުވަހުން ފެށިގެން 14 ޑިސެމްބަރު 2016 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އެމްޑީޕީގެ ސެކްރެޓޭރިއަޓަށް އިންތިހާބަށް ކުރިމަތިލުމަށްއެދޭ ފޯމާއި ތާއީދުފޯމް ހުށައެޅުމަށް އެދިފައެވެ.
އަދި އެޕާޓީގެ ޗެއާޕާސަން ކަމަށް ބޭފުޅަކު އިންތިހާބުކުރުން އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުކަމަށް އެމްޑީޕީން ވަނީ ބުނެފައި އެވެ.
ކުރިން މި މަގާމުގައި ހުންނެވި އެމްޑީޕީގެ އަލީ ވަހީދު އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ނޮވެންބަރ މަހުގެ 28 ވަނަ ދުވަހުއެވެ.