twitterviber whatsapp telegramfacebookyoutube instagram
26th April 2024

މަސްވެރިނަށް ހާއްސަކޮށްގެން އުރީދޫއިން ލޮކޭޓް ސެޓްލައިޓް ތައާރަފްކޮށްފި

Dec 11, 2016

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގެ ތެރެއިން މަސްދޯންޏާއި އެހެނިހެން އުޅަނދު ފަހަރު އުޅޭ ހިސާބުު ފަސޭހާއިން ބަލާލެވޭ އުރީދޫ ލޮކޭޓް ސެޓަލައިޓް އިއްޔެ ވަނީ ތައާރަފްކޮށްފަ އެވެ. މި ޑިވައިސް ބޭނުމުގައި ރާއްޖެއާއި ރާއްޖޭންބޭރުގެ ކަނޑުތަކުގައި ދަތުރު ކުރަމުންދާ އުޅަނދުފަހަރު އުޅޭ ސަރަހައްދު ފަސޭހަކަމާ އެކު ބަލާލެވޭ ވެބް ޕޯޓަލް އެއްގެ އިތުރުން މޮބައިލް އެޕްލިކޭޝަން އެއްވެސް ފޯރުކޮށްދި ނެވެ.

އުރީދޫއިން ބުނިގޮތުގައި މަސްވެރިކަމަށް ބޭނުންކުރަމުންދާ އުޅަނދުފަހަރުތައް ވެސް ދުނިޔޭގެ ފެންވަރުގަައި މޮނީޓަރކޮށް މެނޭޖްކުރުމުގައި ވެސެލް ޓްރެކް ކުރާ ޑިވައިސްތަށް ދަނީ މުހިންމު ދައުރެއް އަދާކުރަމުން ކަމަށާއި އެންމެ ހާއްސަކޮށް ސެލިއުލަރ ނުވަތަ ރޭޑިއޯ ސިގްނަލް ނުލިބޭ ސަރަހައްދުތަކުގައި އޮޑިދޯނިފަހަރާއި ފަޅުވެރިން އެއްގަމާއި ގުޅުވާލަދެނީ ސެޓަލައިޓް މެދުވެރިކޮށް ކަމަށެވެ.

އެގޮތުން އުރީދޫ ލޮކޭޓް ސެޓަލައިޓް މެދުވެރިކޮށް އިންޖީނުގެ ހާލަތާއި، އުޅަނދުފަހަރުގައި ބޭނުން ކުރަމުންދާ ތެލުގެ މައުލޫމާތު، އަދި ދަތުރު ކުރަމުންދާ ރޫޓްތަކާއި ބޭހޭ މައުލޫމާތާއި ކަނޑައެޅެފައިވާ ވަކި ސަރަހައްދަކުން އުޅަނދުފަހަރު ބޭރުވެއްޖެނަމަ އަންގާއިދޭ ޖިއޯފެނސިންގެ އެލަރޓްގެ ހިދުމަތްވެސް ލިބޭނެ ކަަމަށް އުރީދޫއިން މައުލޫމާތު ދެއެެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ މަސްވެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ ލޮބުވެރި މަސްވެރިންނަށާއި، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ އެންމެހާ ބޭފުޅުންނަށް އަރިސްކުރަމުން ވިދާޅުވެފައި ވަނީ މުސްތަގްބަލުގައިވެސް އަޅުގަނޑުމެން މަސައްކަތްކުރަމުންދާނީ، އުރީދޫގެ ޓެކްނޮލޮޖީތަކާއި ހިދުމަތްތަށް މެދުވެރިކޮށް މަސްވެރިކަމުގެ ދާއިރާ އަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ކަމަށެވެ.

އުރީދޫ ލޮކޭޓް ސެޓަލައިޓް ފޯރުކޮށްދެވެނީ، ވެސެލް ޓްރެކްކުރުމުގައި ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ފަރުމާކުރެވިފައިވާ ތިން ޕެކޭޖާއި އެކު އެވެ. މީގެ ތެރޭގައި އުރީދޫ ލޮކޭޓް ސެޓެލައިޓް 599، އުރީދޫ ލޮކޭޓް ސެޓެލައިޓް 799 އަދި އުރީދޫ ލޮކޭޓް ސެޓެލައިޓް 1199 ހިމެނިގެން ދާނެ ކަަމަށް އުރީދޫއިން މައުލޫމާތު ދެއެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355