twitterviber whatsapp telegramfacebookyoutube instagram
13th April 2026

ދިއްދޫގައި މޫދަށް އެރިއުޅުނު މީހަކު މަރުވެއްޖެ

Dec 12, 2016

ހއ ދިއްދޫގައި މޫދަށް އެރިއުޅުނު އަންހެނަކު މިއަދު ހެނދުނު މަރުވެއްްޖެ އެވެ.

މޫދުގައި އުޅެނިކޮށް މަރުވެފައިވާފައިވަނީ އެރަށު ބަހާރުގެ، އުމުރުން 55 އަހަރުގެ ނަސީމާ އަބްދުﷲ އެވެ

ދިއްދޫއިން ވާހަކަ ދެއްކި މީހަކު ކޭއޯއަށް ބުނީ އެމީހާ އަކީ ކަސްރަތުކުރުމަށް ފަހު ކޮންމެ ދުވަަހަކުވެސް މޫދަށް އެރޭ މީހެއް ކަމަށެވެ. އޭނާ މޫދަށް ގޮސް ކަސްރަތުކުރުމަށް ދަނީ އަންހެންގެ ގުރޫޕަކާ އެކު އެވެ. ނަސީމާއަކީ ފަތަން އެނގޭ މީހެކެވެ.

މޫދުގައި ހުރެފައި އެއްގަމަށް ދިއުމަށް އޭނާ ޖެހި ކަމަށާއި ފަހުން ނުފެނިގެން ހޯދިއިރު ނަސީމާ އޮތީ މޫދު އަޑީގައި ކަމަށް އެމީހާ ބުންޏެވެ.

” ނަސީމައާ އެކު ދިޔަ އަންހެނުންނަށް މޫދު އަޑިން ނުނެގިގެން، އެމީހުން އެއްގަމަށް ގޮސް ފިރިހެނުންތަކެއްގެ އެހީގައި ނަސީމާ މޫދުން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައީ” ދިއްދޫގެ ރައްޔިތަކު ބުންޏެވެ.

އޭނާ ބުނީ ނަސީމާއަކީ ފިނިވުމުން ފިޓް ޖެހޭ މީހެއް ކަމަށާއި، އެހެން ނަމަވެސް އޭނާ މަރުވެފައިވަނީ ކީއްވެކަމެއް ނޭނގޭ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355