twitterviber whatsapp telegramfacebookyoutube instagram
10th April 2025

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އާސެނަލް އާއި ބަޔާން މިއުނިކު އަދި ޕީއެސްޖީއާއި ބާސެލޯނާ

Dec 12, 2016

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އާސެނަލް އަށް ގަދަފަދަ ބަޔާން މިއުނިކާ ކުޅެން ޖެހުނުއިރު ޕީއެސްޖީ ބައްދަލުކުރަން ޖެހޭނީ ބާސެލޯނާ އާ އެވެ.

2000 ވަނަ އަހަރުގެ ފަހުން އާސެނަލް އަދި ބަޔާން ޖުމްލަ 10 ފަހަރު ކުޅެފައިވެ އެވެ. މީގެ ތެރެއިން 5 މެޗުން ބަޔާން އިން މޮޅުވިއިރު އާސެނަލް މޮޅުވެފައިވަނީ 3 މެޗުންނެވެ. ދެވަނަ ރައުންޑުގައި ބައްދަލުކޮށް ބަޔާން އިން ވަނީ 3 ފަހަރެއްގެ މަތިން އާސެނަލް ބަލިކޮށްފަ އެވެ.

ނޮކް އައުޓް ރައުންޑުގައި 2000 ވަނަ އަހަރުގެ ފަހުން ބާސެލޯނާއިން ވަނީ ކުއާޓާ ފައިނަލުގައި ދެ ފަހަރެއްގެ މަތިން ޕީއެސްޖީ ބަލިކޮށްފަ އެވެ. އެއީ 2012/13 އަދި 2014/15  ސީޒަނުގަ އެވެ.

ދެވަނަ ބުރުގައި ޗެމްޕިއަން ރިއަލް މެޑްރިޑް ނަޕޯލީއާ ބައްދަލުކުރާއިރު ރިއަލް ގުރޫޕުން އެއްވަނަ ހޯދި ޑޯޓްމަންޑް ނުކުންނާނީ ބެންފީކާއާ ދެކޮޅަށެވެ.

ޔުވެންޓަސް އާއި ޕޯޓޯ ދެވަނަ ބުރުގައި ކުޅެން ޖެހޭއިރު އެތުލެޓިކޯ ނުކުންނާނީ ބަޔާން ލެވަކޫސަންއާ ދެކޮޅަށެވެ. އެތުލެޓިކޯ އާ ލެވަކޫސަން ވޭތުވެދިޔަ 5 އަހަރު ތެރޭ ހަތަރު ފަހަރަށް ކުޅުނުއިރު ކޮންމެ ޓީމަކުންވެސް މޮޅުވެފައިވަނީ އެއް ފަހަރު އެވެ. އަނެއް ދެ ފަހަރު މެޗު ނިމުނީ 1-1 އިންނެވެ.

މެންޗެސްޓާ ސިޓީ އާއި މޮނާކޯ ކުޅޭއިރު ސެވިއްޔާ ނުކުންނާނީ ލެސިސްޓާއާ ދެކޮޅަށެވެ. މިއީ ތާރީޚްގައި މި ޓީމުތަކުން އެއް ޓީމް އަނެއް ޓީމާ ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.

ދެވަނަ ބުރުގެ މެޗުތައް ފެށޭނީ ފެބްރުއަރީ 15 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355