twitterviber whatsapp telegramfacebookyoutube instagram
8th May 2024

31 ސްކޫލަކު ބައިވެރިވި ގައުމީ ކެޑޭޓް ކޭމްޕް ނިންމާލައިފި

Dec 13, 2016

31 ސްކޫލަކު ކެޑޭޓުން ބައިވެރިވި ގައުމީ ކެޑޭޓް ކޭމްޕް ނިންމާލައިފި އެވެ. ގިރިފުށީގައި ކުރިއަށްދިޔަ މިކެޑޭޓް ކޭމްޕްގައި 137 ކެޑޭޓަކު ވަނީ ބައިވެރިވެފަ އެވެ

ކެޑޭޓް ކޭމްޕް ނިންމުމުގެ ގޮތުން އިއްޔެ ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރެވެ.

ކެޑޭޓް ކޭމްޕް ނިންމުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން–

 

މި ކޭމްޕުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ކެޑޭޓުންނަށް ބެޖާއި ކޭމްޕުގެ 1 ވަނަ ޕްލެޓޫނުގެ ގޮތުގައި ހޮވުނު ޕްލެޓޫނަށް ހަނދާނީ ފިލައާއި ވާދައިގެ ތަށި ހަވާލުކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރ (އެމްއެންސީސީ) ގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރެވެ.

މިމަހު 1 ން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ހިންގި ކެޑޭޓް ކޭމްޕުގައި  ބައިވެރިވި ސްކޫލުތަކުގެ ތެރޭގައި ހިމެނެނީ، މަޖީދިއްޔާ ސްކޫލު، ދަރުމަވަންތަ ސްކޫލު، އަމީނިއްޔާ ސްކޫލު، ޖަމާލުއްދީން ސްކޫލު، ކަލާފާނު ސްކޫލު، ރެހެންދި ސްކޫލު، ޣާޒީ ސްކޫލު، ތާޖުއްދީން ސްކޫލު، ސ.ހިތަދޫ ސްކޫލް، މަދަރުސަތުލް އިފްތިތާޙް، ރ.އުނގޫފާރު ސްކޫލު، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލު، ފ.އަތޮޅު ތަޢުލީމީ މަރުކަޒު، ފޭދޫ ސްކޫލު، ލ.އަތޮޅު ތަޢުލީމީ މަރުކަޒު، ގދ.އަތޮޅު ތަޢުލީމީ މަރުކަޒު، އިރުޝާދިއްޔާ ސްކޫލު، ފުނަދޫ ސްކޫލު، އިމާދުއްދީން ސްކޫލު، އަފީފުއްދީން ސްކޫލު، ސ.އަތޮޅު މަދަރުސާ، ހިރިޔާ ސްކޫލު، ހއ.އަތޮޅު މަދަރުސާ، ޝަރަފުއްދީން ސްކޫލު، މާފުށީ ސްކޫލު، ޖަލާލުއްދީން ސްކޫލު، ހަމަދް ބިން ޚަލީފާ އަލް ޘާނީ ސްކޫލު، ގަލޮޅު މަދަރުސާ، ތުޅާދޫ ސްކޫލު، ޏ.އަތޮޅު ތަޢުލީމީ މަރުކަޒު އަދި މުހިއްޔުއްދީން ސްކޫލު އެވެ

ކެޑޭޓް ކޭމްޕް ނިންމުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން–

 

މި ކޭމްޕްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް މުދައްރިބުންނާއި ނޭޝަނަލް ކެޑޭޓް ކޯގެ މުދައްރިބުންނެވެ

18 ވަނަ ކެޑޭޓް ކޭމްޕް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދާއި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ޒުހައިރާއި ސިފައިންގެ ސީނިއަރ އޮފިސަރުންނާއި އެމްއެންސީސީގެ އިސް ބޭފުޅުންނާއި ސްކޫލްތަކުގެ އިސް ބޭފުޅުންގެ އިތުރުން ކޭމްޕުގައި ބައިވެރިވި ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355