twitterviber whatsapp telegramfacebookyoutube instagram
9th May 2024

އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަށް ދެބޭފުޅަކު ރައީސް އައްޔަން ކުރައްވައިފި

Dec 13, 2016

އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަށް ދެބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މި މަޖިލީހަށް ދެ ބޭފުޅަކު އައްޔަން ކުރެއްވީ މި މަހު 7 ވަނަ ދުވަހު އެވެ. އައްޔަން ކުރެއްވި ދެބޭފުޅުންނަކީ އަލްއުސްތާޒު އިސްހާގު މުހައްމަދުފުޅާއި، ޝައިޚް އާދަމް ޝަމީމެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ގެނައި އިސްލާހެއްގެ ދަށުން އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ނަމުގައި މުއައްސަސާއެއް އުފެއްދުމުގެ ބޭނުމަކީ ދީނީ އެއްބައިވަންތަކަން ދިވެހިންގެ މެދުގައި ގާއިމްކުރުމުގެ ގޮތުން، ދީނީ ގޮތުން ދިމާވާ ގޮންޖެހުންތަކާއި ރައްޔިތުންގެ މެދުގައި ދީނީ ގޮތުން ހިޔާލުތަފާތުވުން އުފެދޭ މައްސަލަތައް ގައުމީ ފެންވަރުގައި ހައްލުކުރުމެވެ. އަދި އިސްލާމީ ފިގުހުގެ އާ މައްސަލަތައް ދިރާސާކޮށް، އެކަންކަމާ ގުޅޭ ދީނީ ލަފާ އެކަށީގެންވާ ހަލުވިކަމާ ހަރުދަނާ ކަމާއެކު ފޯރުކޮށްދިނުމެވެ.

އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީސް ކުރިން އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ދެ މެންބަރުންނާއި، ޝަރުއީ ކޯޓުތަކުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު އައްޔަންކުރައްވާ ފަނޑިޔާރަކާއި، އިސްލާމިކް މިނިސްޓަރުގެ ލަފާގެ މަތިން އައްޔަންކުރައްވާ ބޭފުޅަކާއި އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުގެ ލަފާގެ މަތިން އައްޔަންކުރެވޭ މެންބަރެއްގެ މައްޗަށެވެ.

އަދި މި މަޖިލީހަށް މެންބަރުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދެވޭ ގޮތް ހެދުމަށް އޭގެ ފަހުން ނޮވެމްބަރު މަހުގެ ތެރޭ ވެސް ވަނީ ގާނޫނަށް އިސްލާހު ގެނެސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355