twitterviber whatsapp telegramfacebookyoutube instagram
8th May 2024

ހަކުރު ގިނައިން ހިމެނޭ ބުއިންތައް އިޝްތިހާރު ކުރާފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން

Dec 13, 2016

ހަކުރު ގިނަ ބުއިންތައް  ކުޑަކުދިންނަށް އިޝްތިހާރު ކުރާފަރާތްތަކާ މެދު އަޅާނެ ކަމަށް ހެލްތް މިނިސްޓްރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޑައިބެޓްސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން “ޑައިބް މޯލްޑިވްސް ޔޫތް ކޭމްޕް” ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ހަކުުރު ގިނަ ބުއިންތައް ތަފާތު ނަންނަމުގައި ކުދިންނަށް އިޝްތިހާރު ކުރަމުންދާ ކަމަށާއި، ސްކޫލު ކުދިން ބައިވެރިވާ ހަރަކާތްތަކުގައި ހަކުރު ގިނައިން އެކުލެވޭ ބުއިންތައް އިޝްތިހާރުކޮށް އެކުދިން އެއަށް ހިތްޖެއްސުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެފަދަ ކަންކަމަކީ ނުހަނު ކަންތައް ބޮޑުވާ ކަމެއްކަމަށާއި އެފަދަ އަމަލުތައް ހުއްޓާލުމަށް އެ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށް މިނިސްޓަރ ވިދާޅުވި އެެވެ.

އެގޮތުން މި ކަންކަމާއި ގުޅިގެން ހެލްތު މިނިސްޓްރީން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށާއި، އެގޮތުން މަޝްވަރާ ކުރަން ޖެހޭ ހުރިހާ ފަރާތްތަކަކާ އެކު މަޝްވަރާ ކުރަމުން ގެންދާނެ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

ހެލްތު މިނިސްޓަރު ވިދާޅުވީ ސްކޫލު ކުދިންގެ ހެލްތު ސްކްރީންތަކުގެ ނަތީޖާ ދައްކާ ގޮތުން، ގްރޭޑް އެކެއްގައި ކިޔަވާ ހަ އަހަރާއި ހަތް އަހަރުގެ އުމުރުފުރާގެ ކުދިންގެ 22 ޕަސަންޓް ކުދިންނަކީީ އެކުދިން ބަރުދަން ހުންނަށް ޖެހޭ ވަރަށްވުރެ ބަރުދަން އިތުރު ކުދިން ކަމަށެވެ. އަދި ގްރޭޑް ހަތެއްގެ ދަރިވަރުންގެ ތެރެއިން 14 ޕަސަންޓު ކުދިންގެ ބަރުދަން ހުންނަން ޖެހޭ ވަރަށް ވުރެ އިތުރުކަމަށް ނަތީޖާއިން ދައްކާކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“ޑައިބް މޯލްޑިވްސް ޔޫތު ކޭމްޕް”ގެ ނަމުގައި ހަކުރުބަލީގެ ޓައިޕް 1ގެ ޒުވާނުންނަށް ބާއްވާ ކޭމްޕު މިމަހުގެ 16 ވަނަ ދުވަހާ ހަމައަށް ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355