twitterviber whatsapp telegramfacebookyoutube instagram
14th August 2026

ހދ އަދި ށ އަތޮޅަށް އިސްލާމިކް މިނިސްޓްރީން ކުރައްވަން ނިންމި ދަތުރު ފަސްކޮށްފި

Dec 13, 2016

ހދ އަތޮޅަށާއި ށ އަތޮޅުގެ ބައެއް ރަށްތަކަށް އިސްލާމިކް މިނިސްޓްރީގެ ވަފުދެއް މިމަހު ޒިޔާރާތްކުރުމަށް ހަމަޖެހިފައިވާ ވަނިކޮށް، މުއްދަތެއް ނެތް ގޮތަށް ދަތުރު ފަސްކޮށްފި އެވެ.

އެމިނިސްޓްރީގެ ފަރާތުން ދެ އަތޮޅަށް ވަޑައިގަތުމަށް ނިންމާފައިވާ ވަފުދު ތިއްބެވީ ދެ ބޭފުޅުންނެވެ. އެއީ ދީނީ އިލްމުވެރިޔާ ސައުދުﷲ ހިލުމީ އާއި ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އަސަދުﷲ ޝާފީއީ އެވެ.

މިމަހު 11 ން 18 ކުރައްވަން ހަމަޖެހިފައިވާ ދަތުރު މިހާރު އޮތީ މުއްދަތެއް ނެތް ގޮތަށް ފަސްކުރައްވާފައިވާކަން އެމިނިސްޓްރީގެ އޮފިޝަލަކު ކޭއޯއަށް ވަނީ މިއަދު ޔަގީންކޮށްދެއްވާފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ މިދަތުރަކީ ހދ، ށ އަތޮޅުގައި ތިބެގެން ހުކުރު ކުރުމުގެ ސަނަދު ބޭނުންވާ ފަރާތްތަކަށް ޓެސްޓް ހެދުމާއެކު އެ ސަނަދު ފޯރުކޮށްދިނުމާއި އެވުޒާރާއިން ދޭ އެހެން ބައެއް ހުއްދަ ދިނުމަށް ކުރައްވަން އޮތް ދަތުރެކެވެ.

މިދަތުރަކީ އެސަރަހައްދުގެ އަތޮޅު ކައުންސިލުތަކުން އެދިގެން ކުރައްވަން ނިންމި ދަތުރުތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355