twitterviber whatsapp telegramfacebookyoutube instagram
14th August 2026

މަކުނުދޫގައި ދަނޑުވެރިކަން ފުޅާކުރަން ތައްޔާރުވަނީ

Dec 14, 2016

ހދ މަކުނުދޫއަކީ މަސްވެރިކަމުގައި މަޝްހޫރު ރަށެކެވެ. ނަމަވެސް އެރަށު ކައުންސިލް މިހާރު ތައްޔާރުވަމުން ދަނީ ދަނޑުވެރިކަން ފުޅާކޮށް ތަރައްގީ ކުރުމަށެވެ.

މަކުނުދޫ ކައުންސިލްގެ ނައިބު ރައީސް އިބުރާހިމް ވަހީދު ކޭއޯ ވިދާޅުވީ ދަނޑުވެރިކަން ފުޅާކުރުމުގެ ވިސްނުން ކައުންސިލުން ގެންގުޅޭ ކަމަށެވެ. ބިން އޮތްވަރަކުން ދަނޑުވެރިކަމަށް ކައިރި މުސްތަގުބަލެއްގައި ބިން ދޫކުރުމުގެ ވިސްނުން ހުރިކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެ ގޭބިސީއަކަށް ބިމެއް ހަމަނުޖެހުނު ނަމަވެސް ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ މަސައްކަތް ކައިރި މުސްތަގުބަލެއް ފަށާނެ ކަމަށެވެ.

މަކުނުދޫގައި ކާދު ހެދުމުގެ ވޯކްޝޮޕް ކުރިއަށްދަނީ–

 

ދަނޑުވެރިކަމަށް ތައްޔާރުވުމުގެ ގޮތުން މަކުނުދޫގައި މިހާރު އަންނަނީ ކާދު ހެދުމުގެ ވޯކްޝޮޕެއް ފަށާފަ އެވެ. މިކަމުގައި މަކުނުދޫ ކައުންސިލާ އެހީތެރިވަނީ ބ.މާޅުހޮ ކައުންސިލާއި އެންވަރުމަންޓް މިނިސްޓްރީ އެވެ.

މިވޯކްޝޮޕްގައި ކާދު ހަދަން ދަސްކޮށްދެނީ ކޮންމެ ދުވަހަކު  ގޭބިސީތަކުގެ ބަދިގޭގައި އުފެދޭ ކުނިނެވެ.  ވޯކްޝޮޕްގައި 30 ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށެވެ.

ވިޔަފާރީގެ ގޮތުގައި ކާދު ވިއްކުމަށް ނިންމާފައިވާ ކަމަށާއި ކާދު ވިއްކުމަށް ހަމަޖެހިފައިވަނީ މާޅޮހު ކައުންސިލާއި މިނިސްޓްރީއާ ގުޅިގެން ކަމަށް އިބުރާހިމް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355