twitterviber whatsapp telegramfacebookyoutube instagram
14th August 2026

އަންނަ އަހަރު ވިލާ ކޮލެޖުން ފަށާ ކޯސްތަކުގައި ބައިވެރިމަށް ފޯމް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި

Dec 14, 2016

2017 ވަނަ އަހަރު ޖެނުއަރީގައި ވިލާ ކޮލާ ކޮލެޖުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމަށް އެދި ފޯމް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެގޮތުން ޖެނުއަރީ މަހު ވިލާ ކޮލެޖުން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމަށް އެދި ފޯރމްހުށަހެޅުމުގެ އެންމެފަހު ތާރީހަަކީ 22 ޑިސެމްބަރ 2016 ވާ ބުރާސްފަތިދުވަހުގެ ހަވީރު 6:00 އެވެ.

ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރަންޖެހުނީ ވަރަށް ގިނަ އާއިލާތަކެއް އެކުގައި މިދުވަސްވަރު ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރުގައި ޗުއްޓީ ހޭދަކުރަމުންގެންދާތީ ކަމަށާއި ކޯސްތަކުގައި ބައިވެރިވުމަށް ޝައުގުވެރިކަންހުރި ވަރަށްގިނަ ފަރާތްތަކަށް ފޯރމްހުށަހެޅުމަށް ދަތިވާތީ އެފަރާތްތަކުން ވިލާ ކޮލެޖަށްގުޅުއްވައި މުއްދަތު އިތުރުކޮށްދިނުމަށް ވަރަށްބޮޑަށް އެދެމުންދާތީ ކަމަށް އެ ކޮލެޖުން މައުލޫމާތު ދެއެވެ.

ވިލާ ކޮލެޖްގެ ކޯސްތަކާއިބެހޭ މައުލޫމާތާއި އެޕްލިކޭޝަން ފޯރމް ވިލާ ކޮލެޖްގެ އަތޮޅު ކެމްޕަސްތަކުންނާއި މާލޭގައި ހުންނަ ކިޔޫ.އައި. ކެމްޕަހުން އަދި ވިލާ ކޮލެޖުގެ ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355