މިއަހަރުގެ ސްކޫލު ބަންދުވި ފަހު މިހާތަނަށް 19 ކައިވެންޏެއް ކޮށްދީފައިވާކަމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހާމަކުރައްވައިފި އެވެ
ކޭއޯއަށް މައުލޫމާތު ދެއްވަމުން އެކޯޓުން، ބުނީ މިއަހަރުގެ މިހާތަނަށް 19 ކައިވެންޏެއް ކޮށްދީފައިވާއިރު ކުރިއަށް އޮތް ހަފްތާއަށް 6 ކައިވެންޏެއް ކުރުމަށް ޝެޑިއުލްކޮށްފައިވާ ކަމަށެވެ.
މިކައިވެނިތަކުގެ ތެރޭގައި އަލަތު ކައިވެނިތަކާއި އެއްފަހަރަށްވުރެ ގިނަ ފަހަރު ކުރާ ކައިވެނިތައް ހިމެނެ އެވެ
ކޮންމެ އަހަރުގައިވެސް ބޮޑު ބަންދާ ދިމާކޮށް ގިނަ ކައިވެނިތަކެއް ކުރެ އެވެ.