twitterviber whatsapp telegramfacebookyoutube instagram
14th September 2025

ރާއްޖެ އިސްލާމްވި ދުވަސް ރަސްމީކޮށް 4 ރަށެއް ފާހަގަކުރަނީ

Dec 15, 2016

އެހެން އަހަރުތަކާ ތަފާތުކޮށް މިއަހަރު ރާއްޖެ އިސްލާމްވި ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ހޯމް މިނިސްޓްރީ ނިންމައިފި އެވެ. މިއަހަރުގެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އާބާދީ އެންމެ ބޮޑު 4 ރަށުގަ އެވެ.

ހޯމް މިނިސްޓްރީގެ އިވެންޓް ކޯޑިނޭޓަރ މުހައްމަދު އަބުދުއްސަމަދު ކޭއޯއަށް ވިދާޅުވީ މިއަހަރުގެ ރާއްޖެ އިސްލާމްވި ދުވަސް އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އެހެން އަހަރުތަކާ ތަފާތުކޮށް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މިއަހަރު ރާއްޖޭ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ މާލޭ، އައްޑޫ، ކުޅުދުއްފުށީ އަދި ފޯއްމުލަކުގަ އެވެ.

ސަމަދު ވިދާޅުވީ އެދުވަހުގެ ރަސްމީ ޖަލްސާ ” އެއް ޖަލްސާއެއްގެ ގޮތުގައި އެއް ވަގުތެއްގައި” ހަތަރު ރަށުގައި ވެސް އޮންނާނެ ކަމަށެވެ.

” މިސާލަކަށް މާލޭގައި ބާއްވާ ޖަލްސާގައި ބޭފުޅަކު ވާހަކަދައްކަވާއިރު އެހެން ރަށްރަށުން ވާހަކައެއް ނުދައްކާނެ. ޖަލްސާ ކުރިއަށްދާނީ އެއް ޖަލްސާއެއްގެ ގޮތުގައި އެއްވަގުތަކު 4 ރަށަކުން ” ސަމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ހަރަކާތްތަކެއްވެސް ކުރިއަށްދާނެ ކަމަށެވެ. ކުޅުދުއްފުށީގައި އިތުރަށް ކުރިއަށްގެންދާ ހަރަކާތްތަކާއި ބެހޭ ގޮތުން ހދ އަތޮޅު ކައުންސިލާއި ރަށު ކައުންސިލާ މަޝްވަރާކުރިއަށްދާ ކަމަށް ސަމަދު ވިދާޅުވި އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355