twitterviber whatsapp telegramfacebookyoutube instagram
14th September 2025

ޑިންގީ އެކްސިޑެންޓްގައި ޒަހަމްވި ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެންދަނީ

Dec 18, 2016

ށ. ފީވަކުން ފުރައިގެން ޑިންގީއެއްގައި ފޯކައިދު އަށް ދަނިކޮށް އިންޖީނު ގޮވައި، ހިނގި އެކްސިޑެންޓްގައި ޒަހަމްވި ޒުވާނާ އިތުރު ފަރުވާއަށް މާލެ ފޮނުވުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

ކޭއޯ އަށް މައުލޫމާތު ދެމުން ހޮސްޕިޓަލުން ވިދާޅުވީ ޕޭޝަންޓް މާލެ ފޮނުވާލަން ހަމަޖެހިފައިވަނީ މިއަދު 12 ޖަހާއިރު ސީ ޕްލޭން އެއްގައި ކަމަށެވެ. އޭނާއަށް ލިބިފައި ހުރި ޒަހަމްތައް ސީރިއަސް ކަމަށްވެސް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މި ހާދިސާ ގައި އަނިޔާވީ ފީވަކު، އޯކިޑްމާގެ އަބުދުﷲ ފަޒީލް(32އ) އެވެ. ހާދިސާ ހިނގީ އޭނާ އާއި އެހެން ޒުވާނަކު ޑިންގީގައި ދަނިކޮށް އޭގެ އިންޖީނު ހަލާކުވެ، އިންޖީނުގެ ތެރޭގައި ވަށްބުރެއްހެން ތޫނުކޮށްއިން ފުލައިވީލް ނައްޓައިގެން ގޮސް ފަޒީލްގެ ބަނޑުގަ ޖެހިގެން ކަމަށާއި ޑިންގީން ދަތުރު ކުރި އަނެއް ޒުވާނާއަށް އެއްވެސް އަނިޔާއެއް ނުވާކަމަށް މައުލޫމާތު ލިބެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355