twitterviber whatsapp telegramfacebookyoutube instagram
21st May 2025

ކުރިއަށް އޮތް އަހަރެއްހާ ދުވަސްތެރޭ އެމްޕީއެލްއިން 500 ވަޒީފާ ހުޅުވާލަނީ

Dec 18, 2016

އެމްޕީއެލްއިން ކުރިއަށް އޮތް އަހަރެއްހާ ދުވަސްތެރޭގައި ދިވެހި ޒުވާނުންނަށް 500 ވަޒީފާ ދޭނެކެމަށް އެކުންފުނިން ބުނެފި އެވެ.

އެގޮތުން އަންނަ އަހަރުތެރޭގައި ގިނަ އަދަދެއްގެ އިތުރު މުވައްޒަފުން ވަޒީފާ ނެގުމަށް ނިންމާފައިވަ ކަމަށާއި ކުރިއަށް މިއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލޭގެ ޕޯޓުން މުދާ ކްލިއަރކުރުމުގެ މަސައްކަތް ފަށާއިރު މި ހިދުމަތް ވިޔަފާރިވެރިންނަށް އެންމެ ފުރިހަމައަށް ދިނުމަށް އެ ޕޯޓަށް އެކަނިވެސް 200 ވަޒީފާ ހުޅުވާލެވޭނެ ކަމަށް އެމްޕީއެލުން ބުނެއެވެ.

ތިލަފުއްޓާއި ކުޅުދުއްފުށީ ބަނދަރާ އައްޑޫ ސިޓީގެ ބަނދަރުގެ މަސައްކަތްތައް ހަލުވިކުރުމަށް އެސަރަޙައްދުތަކުންވެސް ވަޒީފާގެ ފުރުސަތުތައް އިތުރުކުރާނެ ކަމަށް ވެސް އެމްޕީއެލުން ބުނެއެވެ.

މީގެ އިތުރުން މިހާރު އެމްޕީއެލްއަށް ގެންނަން މަސައްކަތްކުރާ ވެހިކަލްތައް އޮޕަރޭޓްކުރުމަށްވެސް 180 އަށްވުރެ ގިނަ މުވައްޒަފުން ބޭނުންވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މިއަހަރު ނިމޭއިރު އެމްޕީއެލްއަށް ލިބޭ އާމްދަނީ 500 މިލިއަން ރުފިޔާއަށް އަރާނެކަމަށް އެކުންފުނިން އަންދާޒާކޮށްފައި ވާއިރު އެމްޕީއެލުން ބުނީ ސަރުކާރުން އެކުންފުންޏާ ހަވާލުކުރައްވާފައިވާ އެންމެހައި މައްސޫލިއްޔަތު އެންމެ ރަނގަޅު ގޮތުގައި އަދާކުރެއްވުމަށް ކުންފުނީގައި މިހާރު ތިބި މުވައްޒަފުންގެ ޢަދަދު އިތުރުކުރަންޖެހޭ ކަމުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355