twitterviber whatsapp telegramfacebookyoutube instagram
14th August 2026

އަންނަ އަހަރުގެ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Dec 18, 2016

ޖެންޑާ މިނިސްޓްރީގެ ފަރާތުން ދެމުން ގެންދާ ރެހެންދި އެވޯޑަށް ނަން ހުށައެޅުމުގެ ފުުރުސަތު ހުޅުވާލައިފި އެވެ.

އަންނަ އަހަރުގެ ރެހެންދި އެވޯޑަށް ނަން ހުށައެޅުމުގެ ފުރުސަތު ފަސްދާއިރާއަކުން ހުޅުވާލާފައި ވާއިރު މިނިސްޓްރީން ބުނީ މި އެވޯޑަށް ކުރިމަތިލުމަށް އެދޭ އާންމު ފަރާތްތަކާއި، މުއައްސަސާތަކުންނާއި، ޖަމިއްޔާ ޖަމާއަތްތަކުން ނަން ހުށަހަޅާނީ އެ މިނިސްޓްރީއަށް ކަމަށާއި ނަން ހުށަހަޅަންޖެހޭ ސުންގަޑިއަކީ އަންނަ ޖެނުއަރީ މަހު 2 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ކަމަށެވެ.

އެވޯޑަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ 5 ދާއިރާ އަކީ ސިޔާސީ އަދި އާންމު ހިދުމަތުގެ ދާއިރާއާއި، އިގްތިސޯދީ ދާއިރާއާއި އިޖްތިމާއީ ދާއިރާއާއި، އަންހެނުންނަށް ކުރާ އަނިޔާއަށް ހޭލުންތެރިކަން ނުވަތަ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގެ އިތުރުން ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން އަންހެނުން ބާރުވެރިކުރުވުމާއި ޖެންޑާ މެއިންސްޓްރީމްކުރުމުގެ ދާއިރާއިންނެެވެ.

ރެހެންދި އެވޯޑަކީ މުޖުތަމައުއާއި ގައުމުގެ ތަރައްގީއަށް ލާބަޔާއި މަންފާ ލިބޭފަދަ އަގުހުރި ހިދުމަތްތަކެއް ކޮށްދީފައިވާ އަންހެނުންނަށް 2014 ވަނަ އަހަރުން ފެށިގެން ދެމުންގެންދާ އެވޯޑެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355