މިއަދު ހެނދުނު ހދ ނޮޅިވަރަންފަރު ފަޅުތެރެއަށް ވަތް ރިންމަސް އައިނެއް ހިފައި، މަސް ހިފަން ދިޔަ ކޮންމެ މީހަކަށް މަސް ބަހައިފި އެވެ.
ރިންމަސް އައިނު ވަދެފައިވަނީ ރަށުގެ އުތުރު ފަރާތު ތުނޑިއާ ދިމާލުންނެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މަސް އައިނު ދާ ޖަހައިގެން އެއްކޮށް ހިފި ކަމަށެވެ. މަސް އައިނުގައި ހިމެނެނީ 950 މަސް ކަމަށް އެމީހާ ބުންޏެވެ.
ނޮޅިވަރަންފަރު ފަޅުތެރެއަށް ވަތް ރިންމަސް ހިފަނީ–ފޮޓޯ: ކިއުންތެރިއެއް
އޭނާ ބުނީ މަސް ހިފުމަސް އަތިރިއަށް ދިޔަ ކޮންމެ މީހަކަށް މަސް ބެހިކަމަށާއި ބޮލަކަށް ލިބުނީ 5 މަސް ކަމަށެވެ.
މިއަދު ނޮޅިވަރަންފަރަށް ރިންމަސް ވަދެފައިވަނީ ގާތްގަނޑަކަށް 4 ވަރަކަށް އަހަރު ފަހުން ނެވެ. އަދި މިފަހަރު މަސް ވަދެފައިމިވަނީ ނިސްބަތުން ވަރަށް މަދުން ކަމަށް އޭނާ ބުންޏެވެ.