twitterviber whatsapp telegramfacebookyoutube instagram
18th July 2025

 ވައިކަރަދޫ ފަޅުތެރޭގައި އުޅޭ މަސްމަހާމެހި މަރުވެ މައްޗަށް އަރަނީ

Dec 18, 2016

ހދ ވައިކަރަދޫގެ ފަޅުތެރޭގައި އުޅޭ މަސްމަހާމެހި މަރުވެ، މައްޗަށް އަރަމުން އެބަދެ އެވެ. މަސްތައް މަރުވާން ދިމާވި ސަބަބެއް ނޭނގެ އެވެ.

މަސްތައް ކުނިވެ މައްޗަށް އަރަން ފަށާފައިވަނީ އިއްޔެ އިރާކޮޅު އެވެ. މަރުވެފައިވާ ގިނަ އަދަދެއް މަސްތައް ނަގައި، ބަނދަރު ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ރައްޔިތުން ނުކުމެ މިހާރު ދަނީ ކުރަމުންނެވެ.

ވައިކަރަދޫ ފަޅު ތެރޭއިން މަރުވެގެން ނަގައިފަ ހުރި މަސްތަކެއް–

 

 

ވައިކަރަދޫ ވާހަކަ ދެއްކި މީހަކު ބުނީ މީގެ ދުވަސްކޮޅެއް ކުރިން ގިނަ އަދަދެއްގެ މުށި މަސް ފަޅުތެރެއަށް ވަދެ، ގިނަ އަދަދެއް ބަޔަކު މަސް ހިފާ ކަމަށެވެ.

އޭނާ ބުނީ މީގެ ކުރިންވެސް ފަޅުތެރެއަށް ރިންމަހާއި މުށި މަސް ވަންނަ ކަމަށެވެ. އެކަމަކު މީގެ ކުރިން މިގޮތަށް މަސް މަރުނުވާ ކަމަށް އޭނާ ބުންޏެވެ.

ވައިކަރަދޫ ފަޅު ތެރެއިން މަރުވެގެން މައްޗަށް އަރައިފަ ހުރި މަސްތަކެއް–

 

ވައިކަރަދޫ ފަޅުގައި މަރުވެގެން ގިނަ އަދަދެއްގެ މުށި މަހާއި ރިންމަސް ،އިހި އަދި ވެލިމަޑި ފަދަ މޫދުގެ ދިރުންތައް ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355