twitterviber whatsapp telegramfacebookyoutube instagram
19th April 2024

ރޮނާލްޑޯގެ ހެޓްރިކާއެކު ރިއަލް މެޑްރިޑުން ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފި

Dec 18, 2016

ކްރިސްޓިއާނޯ ރޮނާލްޑޮ ކާމިޔާބުކުރި ހެޓްރިކާއެކު ރިއަލް މެޑްރިޑުން ފީފާ ކްލަބް ވޯލްޑް ކަޕް 2016 ކާމިޔާބުކޮށްފި އެވެ. މިއަދު ކުޅުނު ފައިނަލް މެޗު ރިއަލް މެޑްރިޑުން ކާމިޔާބުކުރީ 4-2 އިން ޖަޕާންގެ ކަޝިމާ އެންޓްލާސް ބަލިކޮށްގެންނެވެ.

އެކި ބައްރު ތަކުގެ ޗެމްޕިއަން ކްލަބު ތަކުގެ މެދުގައި ކޮންމެ އަހަރަކުވެސް ކުޅޭ މި މުބާރާތުގެ ފައިނަލް މެޗުގައި މިއަދު ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ރިއަލް މެޑްރިޑުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކަރިމް ބެންޒީމާ އެވެ.

ފަސޭހަކޮށް ރިއަލް މެޑްރިޑުން ކާމިޔާބުކުރާނެ ކަމަށް ބެލެވުނު ފައިނަލު މެޗުގައި ދެން ފެނިގެން ދިޔައީ ކަޝިމާ އެންޓްލާސް އިން ދެ ލަނޑު ޖަހައި ލީޑު ނެގިތަނެވެ. އޭސިޔާއިން ފީފާ ކްލަބް ވޯލްޑް ކަޕެއްގެ ފައިނަލަށް އަލަށް ދަތުރުކުރި ޓީމު ކަމުގައިވާ ކަޝިމާގެ މި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގަކޫ ޝިބަސާކީ އެވެ.

ފުރަތަމަ ހާފު 2-1 އިން ނިމުނު ނަމަވެސް ރިއަލް މެޑްރިޑުން ދެވަނަ ހާފު ވަނީ ލިބުނު ޕެނަލްޓީއަކުން ލަނޑު ޖަހައި މެޗު އިތުރު ވަގުތަށް ގެންގޮސްފަ އެވެ. މި ލަނޑު ރޮނާލްޑޯ ޖެހިއިރު މި މެޗުގެ 97 ވަނަ މިނެޓްގައި އަދި 104 ވަނަ މިނެޓްގައި ރޮނާލްޑޯ ވަނީ އިތުރު ދެ ލަނޑު ޖަހައި މެޗު ކާމިޔާބުކޮށްފަ އެވެ. މިއީ އިންޓަކޮންޓިނެންޓަލް ކަޕްގެ ނަމުން ފީފާ ކްލަބް ވޯލްޑް ކަޕަށް 2000 ވަނަ އަހަރު ބަދަލުކުރި ފަހުން ފައިނަލު މެޗެއްގައި ހެޓްރިކެއް ހެދި ފުރަތަމަ ފަހަރެވެ.

ރޮނާލްޑޯ އަކީ ތަފާތު ދެ ކުލަބެއްގައި މި މުބާރާތް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއަށް ވާއިރު މިއީ ރޮނާލްޑޯ މި މުބާރާތް ކާމިޔާބު ކުރި ތިން ވަނަ ފަހަރެވެ. އަދި އޭނާ އަކީ މި މުބާރާތުގައި މެސީ އަދި ސުއަރޭޒްއާއެކު މި މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އެވެ. މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ 5 ލަނޑު ޖަހާފަ އެވެ.

މި މުބާރާތުގެ މޮޅު ކުޅުންތެރިޔާއަށްދޭ ގޯލްޑަން ބޯލް ލިބިފައިވަނީ މި މުބާރާތުގައި ކުޅުނު ދެ މެޗުން 4 ލަނޑު ކާމިޔާބުކުރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. ލޫކާ މޮޑްރިޗް ސިލްވާ ބޯލް ހޯދިއިރު ބްރޮންޒް ބޯލް ކާމިޔާބުކުރީ ފައިނަލް މެޗުގައި ރިއަލް ކޮޅަށް ދެ ލަނޑު ޖެހި ގަކޫ ޝިބަސާކީ އެވެ. މި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ހައިރާންކުރުވަނިވި ގޮތަކަށް ފައިނަލުން ޖާގަ ހޯދި މުބާރާތް ހޮސްޓް ކުރި ޤައުމު ކަމުގައިވާ ޖަޕާންގެ ކަޝިމާ އެންޓްލާސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355