twitterviber whatsapp telegramfacebookyoutube instagram
5th November 2025

ކުޅުދުއްފުއްޓާއި ފުނަދޫގެ އެއާޕޯޓު އެޅުމަށް އެމްޓީސީސީން ހުށަހަޅައިފި

Dec 19, 2016

ހދ. ކުޅުދުއްފުއްޓާއި ށ ފުނަދޫ އަދި  އިތުރު 3 ރަށެއްގައި ރީޖަނަލް އެއާޕޯޓު އެޅުމުގެ މަސައްކަތް ކޮށްދިނުމަށް އެމްޓީސީސީއިން ސަރުކާރަށް ހުށަހަޅައިފި އެވެ.

އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއިން ހުށަހަޅާފައިވާ ފަސް ރަށަކީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ފައިނު، ފެލިވަރު އަދި ގދ. ފަރެސްމާތޮޑާގައި އެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު “ސަން” އަށް ދެއްވި  އިންޓަވިއުގެ ވިދާޅުވީ، ފަސް ރަށެއްގައި ބިން ހިއްކައިގެން އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރުމަށް ސަރުކާރަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ޒިޔަތު ވިދާޅުވީ، އެމްޓީސީސީއިން މި މަޝްރޫއުތައް ހިންގުމުގެ ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، އެކަމާ ބެހޭ ޖަވާބެއް އަދި ސަރުކާރުގެ ފަރާތުން ލިބިފައި ނުވާ ކަމަށެވެ.

އެމްޓީސީސީން އެއާޕޯޓު އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަސް ރަށުގެ ތެރެއިން ތިން ރަށެއްގައި 2017 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި ހިމެނުމަށް އެއާޕޯޓު ޑިވެލޮޕްމެންޓަށް ހުށައަޅާފައިވެއެވެ. އެއީ ހދ. ކުޅުދުއްފުށީގެ ބިން ހިއްކުމާ އެކު އެއާޕޯޓު އެޅުމަށް 157 މިލިޔަން ރުފިޔާ، ށ. ފުނަދޫގެ ބިން ހިއްކުމާ އެކު އެއާޕޯޓު އެޅުމަށް 150 މިލިޔަން ރުފިޔާ އަދި ގދ. ފަރެސްމާތޮޑާގެ ބިން ހިއްކުމާ އެކު އެއާޕޯޓު އެޅުމަށް 147 މިލިޔަން ރުފިޔާއެވެ.

ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމުގެ ވައުދަކީ ރައީސް ޔާމީންގެ ރިޔާސީ ވައުދެކެވެ.

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355