twitterviber whatsapp telegramfacebookyoutube instagram
20th April 2024

ލޯ ކައިރީގަ ރޫ ހުރޭތަ؟ މީ އެކަަމަށް އޮތް ހައްލެއް!

Dec 20, 2016

ލޯ ކައިރީގައި ރޫ އުފެދުމަށް މެދުވެރިވާ އެކި ސަބަބުތައް ހުރެއެވެ. އެގޮތުން އުމުރުން ދުވަސްވުމުން، ބަލި ހާލަތުގެ ސަބަބުން، ކަންކަމާ ވިސްނުން، ހަށިގަނޑަށް ބޭނުންވާ ރަނގަޅު ކާނާ ނުކެވުން އަދި މީގެ އިތުރުން ވެސް އެކި ސަބަބުތައް ހުރެއެވެ.

ލޯ ކައިރީގައި ހުންނަ ރޫތައް ފިލުވަށް ބާޒާރުގައި އެކި ކަހަލަ ތަކެތި ހުރެއެވެ. އަދި އެ ތަކެތި ހަންގަޑާ ނުގުޅި އިތުރަށް ގޯސްވާ ތަންވެސް ފެނެއެވެ. އެގޮތުން މިއީ ގުދުރަތީ ތަކެތި ބޭނުން ކޮށްގެން މިކަމަށް ގޭގައި ދެވިދާނެ ފަރުވާ އެކެވެ.

ކިރަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި އެއްޗެކެވެ. އެގޮތުން ކިރުގެ އެންމެ އޮލަބަޔަކީވެސް އެހާމެ ބޭނުންތެރި އެއްޗެކެވެ. ކިރު ތައްޓެއް ހާ ކިރު މަޑު ގިނީގައި އޮލަވަން ދެން ސަރަފޯސް ޖަހައިގެން ކައްކާށެވެ. އޮލަވި ކިރުފޮދު ހިހޫ ވުމުން ލޯކައިރީގައި ހާކާފައި ހިކެންދެން ބަހައްޓާށެވެ. ހިކުމުން ސާފު ފެނުން މޫނު ދޮވެލާނީ އެވެ. މިގޮތަށް ކޮންމެ ދުވަހަކު ހާކާލާށެވެ. މިއަކީ އަލަމާރީގައި 5 ދުވަސް ވަންދެން ރައްކާ ކުރެވޭނެ އެއްޗެކެވެ.

މާމުތާއި ލުނބޯއަކީ އެކި ކަންކަމަށް ހަންގަނޑަށް ރަނގަޅު އެއްޗެކެވެ. ހަމަ އެހެންމެ މާމުތާއި ލުނބޯ އެއްކޮށް ބޭނުން ކުރުމުން ލިބޭ ފައިދާ ގިނައެވެ. އެއް ސަމުސާ މާމުތައް 2 ތިކި ލުނބޯ ފޮދެއް އަޅާށެވެ. ލުނބޯ އަޅާ މިންވަރު މަދީ ލުނބޮލަކީ އެސިޑިކް އެއްޗަކަށް ވެފައި ލޯ ކައިރީގެ ހަންގަނޑު ނާޒުކު ވީމައެވެ. ލޯ ކައިރީގައި ހޭކުމަށްފަހު 15 މިނެޓް ބެހެއްޓުމަށް  ދޮވެލާށެވެ. މި ގޮތަށް ކޮންމެ ދުވަހަކު ކަންތައް ކޮށްލުމުން ހަފްތާއެއްގެ ތެރޭގައި ތަފާތު ފެންނާނެއެވެ.

ހަށިގަނޑަށް ފައިދާ ހުރި މަދު ތަކުގެ ތެރެއިން އަލްމަންޑް އަކީ އެންމެ ކުރީ ސަފުގައި އުޅޭ ވައްތަރުގެ މަދެކެވެ. އަލްމަންޑް ތެޔޮ ނުވަތަ އަލްމަންޑް ކިރަކީ ވެސް ބާޒާރުގައި އަލިފާން ސުފީޑްގައި ވިކޭ އެއްޗެކެވެ. އަލްމަންޑް ގައި އެކުލެވޭ ވިޓަމިން އީ ގެ ސަބަބުން މޫނުގައި ހުންނަ ރޫތައް ފިލުވާލައި މޫނު އޮމާން ކޮށްލަ އެވެ. ހޫނު ކިރު ކޮޅަަކަށް އަލްމަންޑް އަޅާ އަލްމަންޑްތައް މަޑުވުމުން ހިމުން ޕޭސްޓް އަކަށް ވާންދެން މިކްސްޗަރުން މުގުރާ ލާށެވެ. ލޯ ކައިރީގައި އަދި މޫނުގައި ހޭކުމަށްފަހު ގަޑިއެއްހާ އިރު ވަންދެން ބަހައްޓާލާށެވެ. އަދި ނިދުމުގެ ކުރިން އަލްމަންޑް ތެލުން މޫނު މަސާޖް ކޮށްލުމުން ވެސް މޫނު އުޖާލާވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355