twitterviber whatsapp telegramfacebookyoutube instagram
17th June 2025
ADVERTISEMENT

ޕޯސްޓްޕެއިޑް އާ ދެ ޕެކޭޖެއް އުރީދޫން ތައާރަފުކޮށްފި

Dec 20, 2016

ރާއްޖޭގެ ހުރިހާ ނަމްބަރުތަކަށް ހިލޭ ގުޅޭ ޕޯސްޓްޕެއިޑް އަންލިމިޓެޑް ދެ ޕެކޭޖް ތައާރަފްކޮށް، އުރީދުއާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ކުރިއަށް އޮތް ހަ މަސްދުވަހު ހިލޭ ވައިބާ ބޭނުންކުރެވޭ ޕްރޮމޯޝަނެއް އުރީދޫން މިއަދު ފަށައިފި އެވެ.

އުރީދޫގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތައާރަފްކޮށްފައި ވަނީ ޕޯސްޓްޕެއިޑް ޕްރިމިއަމް 1499 އަދި ޕޯސްޓްޕެއިޑް ޕްރިމިއަމް 1999 އެވެ.

– ދެ ޕެކޭޖްގެ އެންމެ ހާއްސަ ކަމަކީ ރާއްޖޭގެ ހުރިހާ ލޯކަލް ނަންބަރުތަކަށް ހިލޭ ގުޅާލެވުން.

–  ޕޯސްޓްޕެއިޑް ޕްރިމިއަމް 1499 އާ އެކު 25 ޖީބީ އަދި ޕޯސްޓްޕެއިޑް ޕްރިމިއަމް 1999 އާ އެކު އަންލިމިޓެޑް ޑޭޓާ.

– ޕޯސްޓްޕެއިޑް ޕްރިމިއަމް 1499 އާ އެކު 5000 އެސްއެމްއެސް އަދި ޕޯސްޓްޕެއިޑް ޕްރިމިއަމް 1999 އާ އެކު އަންލިމިޑެޓް އެސްއެމްއެސް.

– ބޭނުން ފަސް ގައުމަކަށް ގުޅުމަށް 50 ޕަސެންޓް ޑިސްކައުންޓް.

މި  ޕެކޭޖުތަކާ އެކު އުރީދޫން ވަނީ ޕްރިޕެއިޑުން ޕޯސްޓްޕެއިޑަށް އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޕޯސްޓްޕެއިޑް ޕެކޭޖެއް ވެސް ތައާރަފްކޮށްފަ އެވެ. އެގޮތުން ޕޯސްޓްޕެއިޑް 299 ގައި ލޯކަލް ނަންބަރުތަކަށް ގުޅުމަށް 1500 މިނެޓު، 500 އެސްއެމްއެސް، އެއް ޖީބީގެ ހިލޭ ޑޭޓާ އަދި ހިލޭ ގުޅޭ އެއް ނަމްބަރު ހިމެނެ އެވެ. އަދި ރާއްޖޭން ބޭރަށް ގުޅުމަށް، ބޭނުންވާ އެއް ގައުމަކަށް 50 ޕަސެންޓް ޑިސްކައުންޓް ވެސް ލިބޭނެ އެވެ.

އަލަށް ތައާރަފްކުރި ޕޯސްޓްޕެއިޑް ޕެކޭޖްތަކާ އެކު، އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ މިއަދު ފަށައިފަ އެވެ.

މި ޕްރޮމޯޝަންގައި އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުންގެ އިތުރުން، އުރީދޫ އަށް ނަމްބަރު ބަދަލުކުރާ ފަރާތްތަކަށް ވެސް ކުރިއަށް އޮތް ހަ މަސްދުވަހު މުޅިން ހިލޭ ވައިބާ އެޕްލިކޭޝަން ބޭނުންކުރެވޭނެ އެވެ.

އުރީދޫން ވަނީ އެ ކުންފުނީގެ ސަބްމެރިން ކޭބަލް ނެޓްވޯކް ބޭނުންކުރަން ފަށައި މުޅި ރާއްޖެ އަށް 4ޖީ+ ސްޕީޑުގައި އިންޓަނެޓުގެ ހިދުމަތް އަންނަ މަހުގެ 15 ގައި ދޭން ފަށަން ނިންމައިފަ އެވެ. އެގޮތުން، ނެޓްވޯކް އަޕްގްރޭޑް ކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތުގެ ދަށުން، 4ޖީގެ ހިދުމަތް އިތުރު 40 ރަށަކަށް ފުޅާކުރެވިފައިވާ ކަމަށާއި އާބާދީގެ 44 ޕަސެންޓަށް މިހާރު ވެސް 4ޖީ ހިދުމަތް ލިބޭނެ ކަމަށް އުރީދޫން މިއަދު ބުންޏެވެ.

އެކަން ފާހަގަކުރުމަށް ވެސް އުރީދޫން ވަނީ ހަދިޔާއެއް ދިނުމަށް ނިންމައިފަ އެވެ. އެގޮތުން، މި މަސް ނިމުމުގެ ކުރިން އުރީދޫގެ 4ޖީ ނެޓްވޯކަށް އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ދެ ޖީބީގެ ހިލޭ ޑޭޓާ ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com