twitterviber whatsapp telegramfacebookyoutube instagram
23rd April 2024

އެއްބައިވަންތަކަމުގެ ދުވަހުގެ ދުވުމުގައި 100 ވުރެ ގިނަ މީހުން ބައިވެރިވެއްޖެ

Dec 21, 2016

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ރެޑްކުރެސެންޓް ހދ ގޮފީގެ ފަރާތުން ކުޅުދުއްފުށީގައި ބާއްވާ ދުވުމުގައި  މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެ އެވެ.

އެއްބައިވަންތަކަމުގެ ދުވަހު ހަވީރު ކުޅުދުއްފުށީގައި ބާއްވާ މިދުވުމުން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:30 ގައި ޖަލާލުއްދީން ސްކޫލް ކުރިމަތިންނެވެ.

ރެޑްކްރެސެންޓް ހދ ގޮފީގެ ކޯޑިނޭޓަރ އަހުމަދު އަބްދުﷲ މިއަދު ވިދާޅުވީ، އަމާޒަކީ 250 މީހުން މިދުވުމުގައި ބައިވެރިވުން ކަމަށް ވިޔަސް އަދި އެއަދަދު ހަމަ ނުވާކަމަށެވެ. ނަމަވެސް އިއްޔެއާ ހަމައަށް މިދުވުމުގައި  100 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ގިނައިން ބައިވެރިވެފައިވަނީ 17 އަހަރާއި 26 އަހަރުގެ ޒުވާނުންނެވެ.

މި ދުވުމަކީ ކުރިމަތިވެދާނެ ހާދިސާއަކަށް ތައްޔާރުވުމަށް، ފަންޑު ހޯދުމަށް ބާއްވާ ދުވުމެއް ކެވެ.

2.7 ކިލޯ މީޓަރުގެ ރާސްތާގެ މިދުވުން ފެށޭނީ ޖަލާލުއްދީން ސްކޫލު ކުރިމަތިން އުތުރަށް ގޮސް ރަށް ވަށާ މަގު، ނިންމަން ހަމަޖެހިފައިވަނީ ވެލިގަނޑުގައި ހަދާފައި ހުރި ހަޓް ކައިރިއަށެވެ.

ހުރިހާ އުމުރުފުރާއަކަށް ހުޅުވާލައިގެން ބާއްވާ މި ދުވުމުގައި، އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާނެ އެވެ. އަދި އެންމެ ހަގު ދުވުންތެރިޔާއާއި އެންމެ ދޮށީ ދުވުންތެރިޔާ ވެސް ހޮވާނެ އެވެ.

ދުވުމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ނަމާއި ގުޅޭނެ ނަންބަރާއެކު 7938817 އަށް އެސްއެމްއެސް ކުރެއްވުމުން ނަން ނޯޓް ކުރެވޭނެ އެވެ. މި ދުވުމުގައި ބައިވެރިވާ ކޮންމެ ބައިވެރިއެއްގެ އަތުން 100 ރުފިޔާގެ ފީއެއް ނެގޭނެ އެވެ.

މި ދުވުމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް ރެޑް ކްރެސެންޓުން އެދިވަޑައިގަނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355