twitterviber whatsapp telegramfacebookyoutube instagram
29th March 2024

ފޯކައިދޫ ފަޅުތެރެއިން ވެސް މަސް މަރުވަނީ

Dec 21, 2016

ށ ފޯކައިދޫ ބަނދަރު ތެރެއިން ވެސް ގިނަ އަދަދެއްގެ މަސްމަރުވާ ފަށައިފި އެވެ. ފޯކައިދޫ ފަޅުތެރެއިން މަސް މަރުވާ މައްސަލަ ކުރިމަތިވެފައިވާއިރު މިމައްސަލަ ހދ ވައިކަރަދޫއަށްވެސް ވަނީ ކުރިމަތިވެފަ އެވެ.

ވޭތުވެދިޔަ ހަތަރުވަރަކަށް ދުވަހުގެ ތެެރޭގައި ވައިކަރަދޫގެ ފަޅުތެރެއިން ވެސް މަރުވެފައިވާ ގިނަ އަދަދެއްގެ މަސްމަހާމެހި ވަނީ ނަގައިފަ އެވެ.

ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު މިއަދު ވިދާޅުވީ ފަޅުތެރެއިން މަސްމަރުވާކަން ފާހަގަކުރެވިފައިވަނީ އިއްޔެ ކަމަށެވެ. އަދި މިއަދު ވެސް ގިނަ އަދަދެއްގެ މުށިމަސް މަރުވެގެން މައްޗަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފޯކައިދޫ ފަޅުތެރޭގައި މަރުވެ ކުނިވެގެން މައްޗަށް އަރާފައިވާ މަސްތަކެއް–

 

މުހައްމަދު ވިދާޅުވީ މަސް މަރުވާން ދިމާވާ ސީދާ ސަބަބެއް ނެނގޭ ކަމަށެވެ. ބެލެވެނީ އޮއިވަރު ހުންނަ ގޮތަކުން ލޮނުގަނޑު ބަނދަރުގައި ދައުރު ނުވުމުން ދިމާވާ މައްސަލައެއް ކަމަށެވެ.

މިމައްސަލަ ކަމާ ބެހޭ ފަރާތްތަށް މިއަދު ހުށަހަޅާނެ އެވެ.  ބަނދަރު ތެރޭގައި މަރުވެފައިވާ މަސްތައް ނަގައި މިއަދު ހަވީރު ފުލުހުންނާ ގުޅިގެން ސާފުކުރާނެ ކަމަށް މުހައްމަދު ރާޝިދު ވިދާޅުވި އެވެ.

ފަޅުތެރޭގައި މަރުވެފައިވާ ތިބޭ މަސް ނުކެއުމަށް މެރިންރިސާޗު ސެންޓަރުން އިލްތިމާސްކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355