ސޮސެޖް ފަދަ ތައްޔާރީ މަހުގެ އެއްޗެއްސަކީ ނޭވާ ހިތްލާ މީހުންނަށް އެކަމުގެ ނުރައްކާ ބޮޑު ކޮށްދޭ އެއްޗެއް ކަމަށް ސައިންސްވެރިންގެ ހޯދުމަކުން އެނގިއްޖެ އެވެ.
ސައިންސްވެރިންގެ ހޯދުމަކުން އެނގުން ގޮތުގައި މިކަހަލަ ތައްޔާރީ މަހުގެ ބާވަތަކުގައި ނައިޓްރޭޓްސް ފަދަ ހަށިގަނޑައް ނުރައްކާތެރި ބާވަތެއް ބޭނުން ކުރެވިފައިވާ ކަމަށެވެ.
އެކަމަކު ބައެއް ސައިންސްވެރިން އެކަމާ ދެކޮޅުވެސް ހަދާ ކަމަށާއި މިކަމަށް އިތުރު ހޯދުންތަކެއް ބޭނުންވާ ކަމަށް ހަބަރުތަކުން ބުނަމުން ދެއެވެ.
އެއް ވަށްތަރެއްގެ މަހެއް ކެއުމުގެ ބަދަލުގައި، ބާޒާރުގައި ލިބެންހުންނަ ހަށިގަނޑަށް ފައިދާހުރި ތަރުކާރީ އާއި މަސް ބޭނުން ކުރުމަށް ސައިންސްވެރިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ސޮސެޖް ފަދަ ތައްޔާރީ މަހުގެ އެއްޗެއްސަކީ ކެންސަރަށް މަގުފަހި ކޮށްދޭ އެއްޗެއް ކަމަށް ކުރީގެ ހޯދުންތަކުންވެސް އެނގެއެވެ.
ފުރާންސްގައި ނޭވާހިތްލާ ކުދިންނާއި ރަނގަޅު އެއްވެސް ސިއްހީ މައްސަލައެއް ފެނިފައި ނުވާ ކުދިން ބޭނުންކޮށްގެން ސާވޭއެއް ހަދާފައި އެވެ. ނޭވާހިތްލަން ފެށުމުން ދިވާމާ ކަންކަމަށް އަލިއަޅުވާއިގެން ކުރިއަށް ގެންދިޔަ މި ސާވޭގައި ވަނީ ގިނަ އަދަދެއްގެ ތައްޔާރީ މަހުގެ ބާވަތްތައް ބޭނުންކޮށްފައި އެވެ.
މި ސާވޭގައި އިސްކޮށް އުޅުނު ޑރ އެރިކާ ކެނިންގްޓޮން ވިދާޅުވެފައި ވަނީ ދުވާލެއްގެ މައްޗައް 70ގ އަށް ވުރެ ގިނަ ސޮސެޖް ފަދަ ތައްޔާރީ މަހުގެ ބާވަތްތައް ކާ މީހެއްގެ ފުއްފާމޭއަށް ނޭދެވޭ އަސަރުކުރާކަން ހަފްތާއެއްގެ ތެރޭގައި ފެންނަ ކަަމަށެވެ. އަދި ނޭވާހިތްލާ މީހުނާއި އެކަހަލަ މައްސަލަ އެއް ދިމާނުވާ މީހުންނަށްވެސް ވަނީ މިކަހަލަ ތައްޔާރީ މަހުގެ ބަދަލުގައި ތާޒާ މަހުގެ ބާވައްތައް ބޭނުން ކުރުމަށް އިސްކަމެއް ދިނުމަށާއި ރަނގަޅު ޑައިޓް އަކާ އެއްގޮތަށް ކެއުމަށް ސަމާލުކަމެއް ދިނުމަށް ވަނީ ބުނެފައި އެވެ.
ސޮސެޖް ފަދަ ތައްޔާރީ މަހުގެ އެއްޗެއްސަކީ ކެންސަރަށް މަގުފަހި ކޮށްދޭ އެއްޗެއް ކަމަށް ކުރީގެ ހޯދުންތަކުންވެސް އިނގެއެވެ.