twitterviber whatsapp telegramfacebookyoutube instagram
14th September 2025

މެދު ޒިޔާރާތް ބަލަން ދިއުމަކީ ބިދުޢައެއް- ފިކުރީ

Dec 22, 2016

މެދު ޒިޔާރާތަށް މާތްކޮށް ހިތާ އެތަން ބަލަން ދިއުމަކީ ބިދުޢައެއް ކަމަށާއި ރާއްޖެ އިސްލާމި ދުވަސް ފާހަގަކުރުމުގެ ނަމުގައި ހިންގާ މުންކަރާތަކާއި ބިދުޢަތައް ހުއްޓާލުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް ހަސަން މޫސާ ފިކުރީ ގޮވާލައިފި އެވެ.

ސޯޝަލް މީޑިއާގައި ޖެހި ފޯސްޓެއްގައި ޝެއިހް ފިކުރީ ވިދާޅުވެފައިވަނީ މެދު ޒިޔާރަތަކީ މާތް ތަނެއް ނޫން ކަމަށާއި އެތަން ބަލަން ދިއުމަކީ ބިދުޢައެއް އުފަންކުރުން ކަމަށެވެ.

ރާއްޖޭގައި އެކަން ނެތިގެން ގޮސްފައިވަނިކޮށް އަލުން އެކަން ދިރުވާ އާލާކުރުމަކީ ނުހަނު ހިތާމާހުރިކަމެއްކަމަށް ޝެއިހް ވިދާޅުވި އެވެ. އިންޑިއާ، ލަންކާ ފަދަ އަވަށްޓެރިި ގައުމުތަކުގައި މިސްކިތްތަކުގައި ގަބުރު ވަޅުލާ ޒިޔާރާތް ހަދައި އެޒިޔާރާތްތަކަށް ދުއާކޮށް އަޅުކަންކޮށް ހަދާ ކަމަށެވެ. ނަމަވެސް ގަބުރުތަކުގެ މަތީގައި ބިނާ ހެދުމަކީ ކީރިތި ރަސޫލާ ނަހީ ކުރައްވާފައިވާ ކަމެއް ކަމަށް ފިކުރީ ފާހަގަކުރެއްވި އެވެ.

ޝެއިހް ފިކުރީ މިފަދައިން ވާހަކަދައްކަވާފައި މިވަނީ ރާއްޖެ އިސްލާމި ދުވަހާ ގުޅުވައިގެން  މާލޭގައި ހުންނަ މެދު ޒިޔާރާތް އާއްމުނަށް ހުޅުވާލުމަށް އިސްލާމިކް މިނިސްޓްރީ ނިންމާ، އިއުލާންކޮށްފައިވަނިކޮށްނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355