ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން އަންނަ އަހަރު ކުޅުދުއްފުށީ ހިންގުމަށް ހަމަޖެހިފައިވާ ހަތަރު ކޯހަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އަންނަ އަހަރު ގުރުއާނާ ބެހޭ މަރުކަޒުގެ ކުޅުދުއްފުށީ ގޮފީގައި ފަށަން ހަމަޖެހިފައިވާ ހަތަރު ކޯހަކީ ޤިރާޔަތު ސެޓްފިކެޓް 1 ، 2 އަދި 3 އަކާއި ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް ކޯހެވެ.
މިކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިއަށްގެންދާނީ ކައުންސިލް އިދާރާއިންނެވެ.
ފޯމް ހުށަހެޅުމުގެ ފަހު ތާރިހަކީ ޖެނުއަރީ ހަތަރުވަނަ ދުވަހެވެ.