twitterviber whatsapp telegramfacebookyoutube instagram
14th August 2026

163 އާ ވައްތަރެއްގެ ޖަނަވަރާއި ގަސްގަހާގެހި ސައިންސްވެރިން ހޯދައިފި

Dec 22, 2016

މީގެ ކުރިން ދުނިޔެއިން ފެނިފައިވާ ނުވާ މުޅިން އާ ވައްތަރުތަކެއްގެ ޖަނަވާރާއި ގަސްގަހާގެހީ ބާވަތްތަކެއް ސައިންސްވެރިންތަކެއް ހޯދައިފި އެވެ.

ސައިންސްވެރިން އަލަށް ވަނީ 163 ވައްތަރެއްގެ ޖަނަވާރާއި ގަސްގަހާގެހި ހޯދާފަ އެވެ. މިހުރިހާ އެއްޗެއްސެއް ހޯދައިފައިވަނީ މިދިޔަ އަހަރު ނަމަވެސް މިކަން ހާމަކުރީ މިހަފްތާތެރޭގަ އެވެ.

މި ހަފްތާގެ ތެރޭގައި ހޯދާފައިވާ މި ތަކެތި ފެނިފައިފާ ވަނީ މީކޮންގް ރިވާ ގުޅިފައިވާ ލައޮސް ގެ ފަރުބަދަތަކުގެ ތެރެއިންނެވެ.

އަލަށް ފެނުނު މާ ގަސްތަކެއް–

 

އަލަށް ފެނުނު މި ޖަނަވާރުތަކުގެ ތެރޭގައި ސައިންސްވެރިން އެންމެ  އަޅައިގަތީ ރެއިންބޯ ސްނޭކްގެ ނަމުން ނަން ދީފައިވާ ހަރުފަޔަކާއި  މީކޮންގް ރިވާ ގުޅިފައިވާ ތައިލެންޑް އިން ފެނުނު ކުލިންގޮން ނިއުޓް ނަމަކަށް ކިޔާ ލިޒާޑަކާ އެވެ.

އެސަރަހައްދު ސައިންސްވެރިން ހޯދި ޖަނަވާރުތަކުގެ ތެރޭގައި ވާލުގެ ބާވަތްތަކާއި ލިޒާޑްގެ ބާވަތްތަކާއި ހަރުފައިގެ ބާވަތްތަކުގެ އިތުރުން ފެނުގައި ދިރިއުޅޭ މަހާއި ދޫންޔާއި މާ ގަސް ވަނީ ހޯދާފަ އެވެ.

އަލަށް ފެނުނު މަހެއް–

 

ވޭދުވެދިޔަ 20 އަހަރު ތެރޭގައި އެ ސަރަހައްދުތަކުގެ ފަރުބަދަތަކުން ގާތްގަނޑަކަށް 2500 އެއްހާ އާ ވައްތަރުތަކެއްގެ ޖަނަވާރާއި ގަސްގަހާގެހީގެ ދިރުންތައް ވަނީ ފެނިފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355