twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ކަރަންޓްގެ އަގު އަނެއްކާވެސް މައްޗަށް

Dec 22, 2016

އަތޮޅުގެ ތެރޭގައި ގިނަ ރަށްތަކަކަށް ކަރަންޓް ފޯރުކޮށްދޭ ފެނަކައިން ތެލުގެ ސާޗާޖް ގޮތުގައި ނަގައި އަދަދު 27 ލާރިއަށް ބޮޑުކޮށްފިއެވެ. ފެނަކައިން ސާޗާޖްގެ އަގަށް ބަދަލު ގެނެސްފައި މިވަނީ އެސްޓީއޯއިން ވިއްކާ ޑީސަލްގެ ލީޓަރެއްގެ އަގު 8.91 ލާރިއަށް ބޮޑުކޮށްފައިވާ ވަގުތެއްގަ އެވެ.

ސްޓެލްކޯއިން ވެސް ވަނީ ކަރަންޓްގެ އަގު މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބޮޑުކުރި ފަހުން ފިއުލް ސާޗާޖުގެ ގޮތުގައި ނަގައި މިންވަރު 3 ފަހަރަށް ބޮޑުކޮށްފަ އެވެ. އެންމެ ފަހުން ބޮޑުކޮށްފައިވަނީ މިމަހު 9 ގަ އެވެ.

ރާއްޖޭގައި ނެރޭ އޮންލައިން ނޫހެއްކަމަށްވާ “މިހާރަށް” ދެއްވި އިންޓަވިއުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ ތެލުގެ ސާޗާޖް ބޮޑުކުރަމުން އަންނަނީ އެ ކުންފުންޏަށް އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ބޮޑުކުރުމާ ގުޅިގެން ކަމަށެވެ. އެ ގޮތުން ޑީސަލް ލީޓަރެއް ގަންނަން ލިބޭ އަގު 8ރ. އަށް ވުރެ ބޮޑުވާ ނަމަ ކޮންމެ ދިހަ ލާރިއަކުން ތިން ލާރި ސާޗާޖުގެ ގޮތުގައި އެ ކުންފުނިން ވެސް ނަގާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ޖެނުއަރީ މަހު އާއްމުން ބޭނުންކުރާ ކަރަންޓްގެ އަގުތަކަށް ގެނައި ބަދަލާ ގުޅިގެން ކަރަންޓް ބިލު ބޮޑުވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކޮށްފައިވެ އެވެ. އަދި އެކަމާ ގުޅިގެން ގިނަ ރަށްތަކެއް ރައީސް ޔާމީނާ ދެކޮޅަށް އަޑު އުފުލާފައިވެސް ވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355