ނުކުޅެދުންތެރިކަން ހުންނަ 100 މީހަކަށް ފެނަކަ ކޯޕަރޭޝަނުން ވަޒީފާ ދީފި އެވެ.
މި ހުރިހާ ފަރާތްތަކަކަށް ވެސް ވަޒީފާ ހަމަޖައްސާފައިވަނީ ފެނަކައިން އަތޮޅު ތަކުގައި ހިންގާ ބްރާންޗްތަކުންނެވެ
އަންނަ އާދިއްތަ ދުވަހުގެ ވަގުތެއްގައި، ފެނަކައިން އަލަށް ވަޒީފާ ލިބުނު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ލިބުނު ކަން އެންގުމުގެ ގޮތުން ލިޔުން ހަވާލުކުރުމަށް ހާއްސަ ރަސްމިއްޔާތެއް ދަރުބާރުގޭގައި ބޭއްވުމަށް ވަނީ ހަމަޖައްސާފައި އެވެ.
ވަޒީފާ ލިބުނު ފަރާތްތައް މިރަސްމިއްޔާތަށް މާލެ ގެނައުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށާފައިއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މީގެ ކުރިން ވެސް ފެނަކައިން ވަޒީފާ ދީފައިވެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ސަރުކާރުން ހިއްސާވާ ބޮޑެތި ކުންފުނިތަކުން މިފަދަ މީހުންނަށް ވަޒީފާ ހަމަޖައްސައިދީ އެމީހުންނަށް ހާއްސަ ތަމްރީން ތަކެއް ވަނީ ދީފަ އެވެ