twitterviber whatsapp telegramfacebookyoutube instagram
2nd June 2026

އިހަވަންދޫގައި ދުވަސްވީ އަންހެނަކު ދަންޖެހިގެން މަރުވެއްޖެ

Dec 23, 2016

ހއ. އިހަވަންދޫގައި އުމުރުން ދުވަސްވީ އަންހެނަކު  ދަންޖެހިގެން މަރުވެއްޖެއެވެ.

ދަންޖެހިގެން މަރުވެފައިވަނީ އިހަވަންދޫ، މަތިވައްގެ، ފަރީދާ ހަސަނެވެ. ކޭއޯއަށް އެނގިފައިވާ ގޮތުގައި ފަރީދާއަކީ ނަފްސާނީ ބަލިކަމެއް ހުންނަ މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިހަވަންދޫގައި އުމުރުން 64 އަހަރުގެ މީހަކު ދަންޖެހިގެން މަރުވެފައިވާކަމުގެ މައުލޫމާތެއް މިއަދު ހެނދުނު 8:30 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެމީހާގެ ހަށިގަނޑު މިހާރު އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.  މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު ތަފްސީލެއް ނުދެއްވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355