twitterviber whatsapp telegramfacebookyoutube instagram
21st May 2025

ދިވެހިން ރާއްޖެއިން ބޭރުގައި ކުރާ ހަރަދުތަކުގެ ސަރވޭ މާދަމާ ފަށަނީ

Dec 24, 2016

ދިވެހިން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ކުރައްވަމުން އަންނަ އަހަރީ ސާރވޭ މާދަމާ ފަށްޓަވާނެއެވެ.

ދިވެހިންނާއި ބޭރުގެ ފަރާތްތަކާ ދެމެދު ކުރެވޭ އިޤްތިސާދީ މުއާމަލާތުތަކާ ގުޅޭ ތަފާސްހިސާބު އެކުލަވައިލެއްވުމަށް ކުރައްވާ މި ދިރާސާ ކުރައްވަނީ މާދަމާއިން ފެށިގެން މިމަހުގެ އެއްތިރީހުގެ ނިޔަލަށް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ އެރައިވަލް ހޯލުގައެވެ.

އެމް.އެމް.އޭއިން ވިދާޅުވާގޮތުގައި މި ސަރވޭގައި ފަރުދީ އެއްވެސް މައުލޫމާތެއް ނުނަންގަވާނެ ކަމަށާއި މި ސަރވޭގެ އަމާޒަކީ ފައިސާ ހޭދަކުރެވޭ މިންވަރާއި ބޭނުންތައް ދެނެގަތުމަށް ކަމަށެވެ. މީގެތެރޭގައި ދަތުރުގެ ބޭނުމާއި، ޒިޔާރަތްކުރި ޤައުމާއި، ޓިކެޓާއި، ކެއުމާއި ހުރުމާއި ބޭސްފަރުވާއާއި ދަތުރުފަތުރަށް ހޭދަވި ހަރަދާއި ޖުމްލަ ގޮތެއްގައި މުޅި ދަތުރަށް ކުރެވުނު ހަރަދުގެ މައުލޫމާތު ހިމެނޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355