twitterviber whatsapp telegramfacebookyoutube instagram
18th May 2024

ރެހެންދި އެވޯޑަށް އާ ކެޓެގަރީތަކެއް އިތުރުކޮށްފި

Dec 24, 2016

ތިންވަނަ ރެހެންދި އެވޯޑަށް އާ ކެޓަގަރީތަކެއް  ސަރުކާރުން ހަމަޖައްސައިފި އެވެ.

ތިންވަނަ ރެހެންދި އެވޯޑް ދެނީ 2017 ވަނަ އަހަރުގެ އަންހެނުންގެ ދުވަހުގައި އެވެ. މި އެވަރޑަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުއްވާލައްވާފައެވެ.

2013 ވަނަ އަހަރުން ފެށިގެން މި އެވޯޑް ދެއްވަމުން ގެންދެވިނަމަވެސް ކުރިން ވަކި ކެޓެގަރީތަކެއް ކަނޑައަޅުއްވާފައެއް ނުވެއެވެ. ނަމަވެސް މިއަހަރު މިކަމަށް ވަކި ހާއްހަ ކެޓެގަރީތައް ކަނޑައަޅުއްވާފައިވާކަމަށް، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވަނީ ޕީއެސްއެމް އަށް ވަނީ ވިދާޅުވެފައި އެވެ.

މިއަންނަ އަހަރުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ހުޅުވާލެވިފާވާއިރު މި އިނާމަށް ތިން ގޮތަކަށް ހުށައެޅުމުގެ ފުރުސަތު އޮވެއެވެ. އެއްގޮތަކީ އިނާމް ހައްގުވާނެކަމަށް ބެލެވޭ މީހާ އަމިއްލަށް މިކަމަށް އެދި ހުށައެޅުމާއި، އެވޯރޑް ލިބުމުން ހައްގުވާކަމަށް ގަބޫލުކުރެވޭ މީހެއްގެ ނަން އެހެން މީހަކު ހުށައެޅުމާއި އަދި އެވަރޑް ލިބުން ހައްގުކަމަށް ގަބޫލުކުރެވޭ މީހެއްގެ ނަން މުއައްސަސާއެއްގެ ނުވަތަ ގާނޫނީ އެހެން އިދާރާއަކުން ހުށަހެޅުމެވެ.

ސަރުކާރުން ކޮންމެ އަހަރަކު ރެހެންދި އެވަރޑްގެ ނަމުގައި އަންހެނުން ބޭފުޅުންނަށް ހާއްސަ އެވަރޑެއް ދެއްވުގެ ބޭނުންތަކުގެ ތެރޭގައި އަންހެނުން ގައުމީ ހިދުމަތަށް ނިކުތުމަށް ބާރުއެޅުއްވުމާއި މުޖުތަމައަށް ފައިދާހުރި ހިދުމަތްކުރާ އަންހެނުންގެ އަގުވަޒަންކުރެއްވުމާއި ގައުމީ ތަރައްގީގައި ހިއްސާކުރާ ހިދުމަތްތައް ކުރަމުން އަންނަ އަންހެނުންނަށް ހިތްވަރުދެއްވުމާއި، ގައުމީ ހިދުމަތުގައި އެހެން މީހުން ނަމޫނާއަކަށް ބަލައި އެކަމުން ހިތްވަރުލިބޭފަދަ މަސައްކަތްކުރާ އަންހެނުން ފާހަގަކުރެއްވުމާއި އަންހެނުންގެ ސަހްސީ ކުރިއެރުމަށް ހިތްވަރުދެއްވުމާއި އަދި ޖަމާއަތަށް ފައިދާހުރި މަސައްކަތްކުރާ އަންހެނުންނަށް ޝަރަފާއި އިއްޒަތް ދެއްވުމުގެ މުހިންމު ބޭނުމުގައި ދެވޭ އެވޯޑްއެކެވެ.

އަންނަ އަހަރުގެ ރެހެންދި އެވޯޑަށް ނަން ހުށަހަޅަންޖެހޭ ސުންގަޑިއަކީ އަންނަ ޖެނުއަރީ މަހު 2 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ކަމަށާއި އަދި އެވޯޑާ ގުޅޭ އިތުރު މައުލޫމާތު ހިމެނޭ އެޕްލިކޭޝަން ފޯމު ޖެންޑަރ މިނިސްޓްރީން މިހާރު ގެންދަވަނީ ދޫ ކުރައްވަމުން ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ..

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355