twitterviber whatsapp telegramfacebookyoutube instagram
18th May 2024

ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާގައި ދުވަސްވީ މީހުން އުޅޭ ސަބަބު މިއޮތީ

Dec 24, 2016

ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާގައި ދުވަސްވީ މީހުން ތިބޭ ވާހަކަ އާއި އެޖަމިއްޔާގެ ކަންކަމުގައި ދުވަސްވީ މީހުން އުޅޭ ވާހަކައަކީ ރަށުގެ ތެރޭގައި ދައްކާ ވަރަށް އާއްމު ވާހަކައެކެވެ. ޖަމިއްޔާއިން އިސްނަގައިގެން ކަމެއް ކުރާ ދުވަސްވަރެއްގައި އެކަމުގެ އަޑު  ވަކީން ގަދަ އެވެ. ހަޖޫ ކިޔުމުގެ ގޮތުން އެޖަމިއްޔާގައި އުޅޭ ދުވަސްވީ މީހުންނަށް ޒުވާނުންނޭ ގޮވާހަދައި މީހުންވެސް މަދެއް ނުވާނެ އެވެ. އެއީ” ޒުވާނުންގެ ޖަމިއްޔާނަމުން ނަންދީފައިވާ ޖަމިއްޔާގައި ދުވަސްވީ މީހުން އުޅޭތީ” އެވެ.

މިގޮތަށް މިކަން ހިންގަނީ ކީއްވެގެން ކަމެއް ގިނަ ބަޔަކަށް ނޭނގެ އެވެ. އެކަމަކު އެޖަމިއްޔާގައި ދުވަސްވީ މީހުން އުޅެންޖެހޭ ސަބަބު މިފަހަރު މިއޮތީ ހާމަކޮށްފަ އެވެ.

އެޖަމިއްޔާއިން ހިންގި ލިއެލާޖަހަން ދަސްކޮށްދޭ ކޯސް ނިންމުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޖަމިއްޔާގެ ރައީސް ހުސެއިން އަލީ ވިދާޅުވީ އެޖަމިއްޔާގައި ދުވަސް މީހުން އުޅެން ޖެހެނީ އެކަމަށް އިސްނަގައިނެ ޒުވާނުން ކުޅުދުއްފުށީގައި ނެތީމަކަމަށެވެ.

“މިއަދު އަޅުގަނޑުމެންނެއް މިމަގާމަކު ނުތިބޭނެ މިކަމުގައި ޒުވާނުން އިސްނަގައިގެން އުޅޭ ނަމަ” ހުސެއިން އަލީ ވިދާޅުވި އެވެ.

ހުސެއިން ވިދާޅުވީ، ދުވަސްވީ މީހުންގެ ތެރޭގައި ގުނާއިރު މިއަދުވެސް ޖަމިއްޔާގެ ހުންގާނުގައި ހުންނަން ޖެހެނީ އުމުރުން ދުވަސްވެފައި ތިބި މީހުން ކަމަށެވެ.

” ވަރަށް ގިނަ ޒުވާނުން ބުނޭ، ޒުވާނުންގެ ޖަމިއްޔާގެ ރައީސަކަށް ވެސް ހުންނަނީ 60 އެތަށް އަހަރެއްވެފައި ހުންނަ މީހެކޭ ” ހުސެއިން ވިދާޅުވި އެވެ.

މިހެން ހުންނަން މި ޖެހެނީ  ޒުވާނުންގެ ތެރޭގައި ކަންކަމަށް ޝައުގުވެރިވާ ޒުވާންނާއި ކުދިން ފެންނަލެއް މަދުކަމުންކަމަށާއި އެހެން ނޫން ނަމަ އެމަގާމެއްގައި ނުތިއްބަވާނެކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖަމިއްޔާގެ އެންމެ މުހިއްމު ބަޔަކީ މެމްބަރުން ކަމަށްވާއިރު މިއަދުވެސް މެމްބަރުންގެ ގޮތުގައި ގިނައީ ދުވަސްވީ މީހުން ކަމަށެވެ. ޒުވާނުންގެ ޖަމިއްޔާއަށް ގިނަ ޒުވާނުންތަކެއް ވަދެ ހަރަކާތްތެރިވެ، އަންނަ އޮތް ޖީލަށް ރަނގަޅު ނަމޫނާތަކެއް ދެއްކުމުގައި ޒުވާނުން އިސްނަގައި އަތުގުޅާލުމަށް ހުސެއިން އެދިލެއްވި އެވެ. އަދި ރަށުގެ ތަރައްގީއަށާއި ޒުވާނުންގެ ކުރިމަގަށް ގޮވާލާ ކޮންމެ ކަމެއްގައިވެސް މަސައްކަތް ކުރުމަށް ޒުވާނުން އަތުގުޅާލައިގެން ނިކުތުމަށް އޭނާ އެދިލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355