twitterviber whatsapp telegramfacebookyoutube instagram
14th September 2025

ހަލީމާގެ މޫނަށް ކެމިކަލް ޖެހިކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި

Dec 24, 2016

ށ. ޅައިމަގު އަންހެނުން ކޮމިޓީގެ ރައީސާ ހަލީމާ އާދަމްގެ މޫނަށް ކެމިކަލް ޖެހިކަމުގެ ތުހުމަތުގައި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

50 އަހަރުގެ ހަލީމާގެ މޫނަށް ކެމިކަލް ޖަހާފައިވަނީ ރޭ ފަތިސް ނަމާދުކުރުމަށް ފަހު އޭނާ ދިރިއުޅޭ ގެއިން ނިކުންނަށް ވެގެން ގޭގެ ބޭރު ދޮރު ހުުޅުވާލި ވަގުތު އެެވެ.

ފުލުހުންގެ މީޑިއާ އޮފިސަލް ވިދާޅުވީ، އަންހެނަކު ގަޔަށް ކެމިކަލް ޖެހިކަމުގެ ތުހުމަތުގައި ށ. ޅައިމަގު މީހަކު 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހަލީމާގެ މޫނަށް ކެމިކަލް ޖެހުމުން ލިބުނު އަނިޔާތަކަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެެވެ. ހޮސްޕިޓަލުން ބުނީ މިހާދިސާގައި ހަލީމާގެ ހާލު ސީރިއަސް ނޫން ކަމަށެވެ..

 

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355