twitterviber whatsapp telegramfacebookyoutube instagram
14th September 2025

ކެލާގެ މި ފޮޓޯތަކުން އާޝޯހުކޮށްލާނެ

Dec 25, 2016

ހއ. ކެލާއަކީ މުޅި އެ އަތޮޅުގައި ވެސް އޮތް އެންމެ ދަނޑުވެރިކަމަށް ފަހި ރަށެވެ. ޒަމާނުންސުރެ ވެސް އެ ރަށް މަޝްހޫރުވެފައިވަނީ ދަނޑުވެރިކަމުގައި ހީވާގި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްގެ ގޮތުގަ އެވެ. އެހެނަސް މިފަހަރު އެ ހީވަގި ރައްޔިތުންނާއި ދަނޑުވެރިކަމުގެ ވާހަކައެއް ނޫނެވެ. މިފަހަރު ކެލާގެ އާދަޔާ ހިލާފު ގުދުރަތީ ރީތިކަމުގެ ވާހަކަ އެވެ. އެ ވާހަކަ ކިޔައިދެނީ ފޮޓޯތަކެކެވެ.

ކެލާގެ ރީތި ބީޗް–ފޮޓޯ: ކެލާ ހޮލިޑޭ

ކެލާގެ ގުދުރަތީ ރީތިކަން ވަރަށް ފުރިހަމައަށް ފެންނަ ފޮޓޯތަކެއް–

 

އެ ފޮޓޯތަކަކީ ދާދި ފަހުން ކެލާގެ އައިލެންޑް އޮފް ބިއުޓީގައި އާއްމުކޮށްފައިވާ ފޮޓޯތަކެކެވެ. އެ ފޮޓޯތައް ރީތިވެ، މުޅި އެ ފޮޓޯތަކުގެ އަވާގައި ނުޖެހޭ މީހެއް ޝޯސަލް މީޑިއާގައި ނެތެވެ. ފޮޓޯތައް ވަނީ މުޅި ސޯޝަލް މީޑިއާގައި ވަކި ހިއްޕާލާފަ އެވެ. ސަބަބަކީ އެ ފޮޓޯތަކުން ކެލާގެ އަދާޔާ ހިލާފު ގުދުރަތީ ރީތިކަން ވަރަށް ފުރިހަމައަށް ފެނިގެންދާތީ އެވެ.

ކެލާގެ ގަސްކަރަ–

ކެލާގެ ގުދުރަތީ ރީތިކަން ވަރަށް ފުރިހަމައަށް މިފޮޓޯތަކުން ފެނޭ–

 

ބޯކިރުފޮދެއް ފަދަ ހުދު ދޮންވެލި ބީޗާއި ބިއްލޫރިކޮޅެއްހާ ސާފު މޫދުގެ އެ ފޮޓޯތަކުން ފެނިފައި އާޝޯހުނުވެ ހަމަ ޔަގީނަށް ވެސް ނުދާނެ އެވެ. އެހާވެސް ނަލަވެފައި ޗާލެވެ. ހަމަ އެގޮތަށް އެ ފޮޓޯތަކުން ކެލާގެ ކަނޑޫފާގެ ރީތިކަމާއި ގަސްކަރަ ފެނިގެންދެ އެވެ. ހަމަ ގައިމުވެސް ފޮޓޯތަކުން ފެހި ކެލާގެ ރީތިކަން އިތުރަށް މިވަނީ މަޝްހޫރުކޮށްދީފަ އެވެ.

ކަނޑޫފާ–

ކެލާގެ ގުދުރަތީ ރީތިކަން ވަރަށް ފުރިހަމައަށް މިފޮޓޯތަކުން ފެނޭ–

ނޯޓް މި ފޮޓޯތަކަކީ އައިލެންޑް އޮފް ބިއުޓީ ކެލާ ނަމަކަށް ކިޔާ ޕޭޖަކުން ނަގާފައިވާ ފޮޓޯތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355