twitterviber whatsapp telegramfacebookyoutube instagram
15th June 2025
ADVERTISEMENT

ކުޅުދުއްފުށީގައި ބާއްވާ އެއްބައިވަންތަކަމުގެ ދުވުން މާދަމާ، ތައްޔާރު ތަ !

Dec 25, 2016

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ރެޑްކުރެސެންޓް ހދ ގޮފީގެ ފަރާތުން ކުޅުދުއްފުށީގައި ބާއްވާ ދުވުމަށް މިހާރު މިވަނީ ކުޑަތަންވެފައި އެވެ. މިއީ މިފަދަ ގޮތަކަށް ފަހުގެ ތާރީހެއްގައި ކުޅުދުއްފުށީގައި ބާއްވާ މުޅިން އާ ދުވުމެކެވެ.

މާދަމާ ހަވީރު ދުވުން އޮންނައިރު އެކަމަށްވާ ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ރެޑްކުރެންސެންޓް ހދ ގޮފިން ދަނީ ކުރަމުންނެވެ.

168 މީހަކު ވަނީ މިދުވުމުގައި މިހާތަނަށް ވަނީ ބައިވެރިވެފައި އެވެ. އަދިވެސް ބައިވެރިވުމުގެ ފުރުސަތު އެބައޮތެވެ. ހުރިހާ އުމުރުފުރާއަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިދުވުމުގައި އެންމެ ގިނައިން ބައިވެރިވާ އުމުރުފުރާ ތަކަކީ 15، 23، 26، އަދި 31 އަހަރުގެ ޒުވާނުންނެވެ.

މާދަމާ ޖަލާލުއްދީން ސްކޫލު ކުރިމަތިން ދުވުންފަށާއިރު ބައިވެރިވި ދުވުންތެރިން މިހާރު ތިބީ މިދުވުމަށް ތައްޔާރުވެގެންނެވެ.

މި ދުވުމަކީ ކުރިމަތިވެދާނެ ހާދިސާއަކަށް ތައްޔާރުވުމަށް، ފަންޑު ހޯދުމަށް ބާއްވާ ދުވުމެއް ކެވެ.

2.7 ކިލޯ މީޓަރުގެ ރާސްތާގެ މިދުވުން ފެށޭނީ ޖަލާލުއްދީން ސްކޫލު ކުރިމަތިން އަމީނީމަގުން ދެކުނަށް ގޮސް އާޓިފިޝަލް ބީޗު ކައިރިން، ނިންމަން ހަމަޖެހިފައިވަނީ ވެލިގަނޑުގައި ހަދާފައި ހުރި ހަޓް ކައިރިއަށެވެ. ދުވުން ނިންމާފައި ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމް ހަވާލުކުރުމަށްވަނީ ހަމަޖެހިފަ އެވެ.

މިދުވުމަށް ރެޑްކުރެންސެންޓް އޮތީ ތައްޔާރަށެވެ. ތިބޭފުޅުން ތައްޔާރު ތޯ އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com