twitterviber whatsapp telegramfacebookyoutube instagram
18th May 2024

ޕެންޓަގުރާމް އަހަރު ނިންމާ ބޮޑު ސޭލްއިން 150000 ހާހަށް ވުރެ ގިނަ ރުފިޔާ

Dec 25, 2016

އެހެން އަހަރުތަކާ ތަފާތުކޮށް މިއަހަރު ޕެންޓަގުރާމް ފިހާރައިން އަހަރު ނިންމާ ބޮޑު ސޭލް ބާއްވާފައިވަނީ އަތޮޅުގެ 3 ރަށްށަކަށް ބަހާލައިގެންނެވެ. އެއީ ވައިކަރަދޫ އާއި ނޭކުރަންދޫ އެންމެ ފަހުން ސޭލް ނިންމާލީ ކުރިނބީގަ އެވެ.

3 ރަށުގައި ބޭއްވި ސޭލްތަކަކީ ވަރަށް ކާމިޔާބު ސޭލްތަކެއް ކަމަށް ޕެންޓަގުރާމް ބުނެ އެވެ. އެކަން ސޭލުން ލިބުނު ފައިސާގެ އަދަދުންވެސް ޔަގީންވެ އެވެ.

ތިން ރަށުން ޖުމްލަ 150000 ހާހެއްހާ ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ ޖުމްލަ 3 ދުވަހު، 3 ރަށުގައި ބާއްވައިގެން ލިބުނު އަދަދެވެ.

ޕެންޓަގުރާމްގެ ވެރިޔާ މާހިރު މިއަދު ސޭލްއާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ބުނީ ނިސްބަތުން އާބާދީ ކުޑަ 3 ރަށުން ވެސް އަންދާޒާކުރި ވަރަށް ވުރެ މާ ގިނައިން ލިބުނު ކަމަށެވެ. އަދި ވަކީން ކުރިނބީ އޭނާ ފާހަގަކުރި އެވެ.

މަހުގެ ފަހުކޮޅު ކުރިނބީން ސޭލަށް ލިބުނު އާދަޔާ ހިލާފު ތަހުހީބެއް ކަމަށެވެ. އެކަމަށް އެހީތެރިވެ ދެއްވި ހުރިހާ ފަރާތްތަކަށް މާހިރު ޝުކުރު އަދާކުރެއްވި އެވެ.

މާހިރު ބުނީ ހދ އަތޮޅުގެ އިތުރު ރަށްރަށުން ވެސް ސޭލް ބޭއްވުމަށް އެދުނުކަމަށެވެ. ނަމަވެސް ދެން މިއަހަރު ރަށްރަށަށް ގޮސްގެން ސޭލް ނުބާއްވާނެ ކަމަށާއި ދެން ސޭލް ބާއްވާނީ މިއަހަރު ލިބުނު ތަޖުރިބާގެ އަލީގައި އަންނަ އަހަރުކަމަށެވެ.

ފެންޓަގުރާމް ސޭލް ބޭއްވުމަށް މިއަހަރު އެދުނު ރަށްތަކުގެ ތެރޭގައި ހަނިމާދޫ އާއި ނޮޅިވަރަމް، ނޮޅިވަރަންފަރު، ނެއްލައިދޫ ފަދަ ރަށްތައް ހިމެނެ އެވެ.

މާހިރު ބުނީ ސޭލް ބާއްވަން އެދި ނުބޭއްވުން ރަށްތަކަށް އަންނަ އަހަރު ހާއްސަ ސަމާލުކަމެއްދީ، ސޭލް ބާއްވާނެ ކަމަށެވެ.

” އަންނަ އަހަރު ސޭލް ބާއްވަނީ އެދިފަ ހުރި ރަށްތަކުގެ ތެރޭގައި ހިމެނޭ ހަނިމާދޫ، ނޮޅިވަރަމް ފަދަ ބޮޑެތި ރަށްތަކަށް ” މަޝްހޫރު ވިޔަފާރިވެރިޔާ މާހިރު ބުންޏެވެ.

ޕެންޓަގުރާމް އަހަރު ނިންމާ ބޮޑު ސޭލްގައި މިއަހަރު މުދާ ވިއްކާފައިވަނީ ވަރަށް ބޮޑުތަކުން އަގުހެޔޮކޮށެވެ.

ޕެންޓަގުރާމަކީ އަންނައުނުގެ ވިޔަފާރީގައި ކުޅުދުއްފުށީގައި ހުންނަ އެންމެ މަޝްހޫރު ފިހާރަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355