twitterviber whatsapp telegramfacebookyoutube instagram
25th April 2024

ނޭކުރަންދޫ ޖަލުގެ މަސައްކަތް ނުފެށި ލަސްވަމުންދާތީ ކައުންސިލުން ކަންބޮޑުވުންފާޅުކޮށްފި

Dec 26, 2016

ހދ ނޭކުރަންދޫގައި ސަރުކާރުން އަޅުއްވަން ނިންމާފައިވާ ޖަލުގެ މަސައްކަތް ނުފެށި ލަސްވާތީ އެރަށު ކައުންސިލް ކަންބޮޑުވުންފާޅުކޮށްފި އެވެ.

ސަރުކާރުން ނޭކުރަންދޫގައި ލުއި ޖަލެއް އެޅުމުގެ މަސައްކަތް ފެށީ 2010 އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި އެވެ. އެކަމަކު އަދިވެސް މި ޖަލު އެޅުމުގެ އަމަލީ މަސައްކަތް ވަނީ ނުފެށި އެވެ

ނޭކުރަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝީޒާން ކޭއޯއަށް ވިދާޅުވީ، ސަރުކާރުން އެޅުމަށް ހަމަޖައްސާފައިވާ ޖަލުގެ މަސައްކަތް ނުފެށި ލަސްވުމަކީ ކައުންސިލްްގެ ކަންބޮޑުވުމެއްކަމަށެވެ. ޖަލުގެ މަސައްކަތްތާއި ބެހޭ ގޮތުން އެންމެ ފަހުން މައުލޫމާތު ލިބުނީ ހޯމް މިނިސްޓްރީގެ މަގާމުގައި އުމަރު ނަސީރު ހުންނެވިއިރު ކަމަށާއި އޭގެ ފަހުން އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާކަމަށް ޝިޒާން ވިދާޅުވި އެވެ.

އޭރު އޮތީ ޗައިނާގައި ޖަލު ހަދައިގެން ގެނެސް އެރަށުގައި ރާވާލާ ގޮތަށް ކަމަށް ޝިޒާން ވިދާޅުވި އެވެ. އަދި އެމަސައްކަތް ނިންމާ ކުރިއަށް އޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި ޖަލުގެ މަސައްކަތް ނޭކުރަންދޫގައި ފެށޭނެކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމު މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ވެސް މީޑިއާގައި ވިދާޅުވެފައިވެ އެވެ.

ނޭކުރަންދޫގައި ޖަލު އެޅުމަށް މިއަހަރުގެ ބަޖެޓްގައި 48 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ބަޖެޓްގަ ހިމަނާފަ އެވެ.

ޖަލު އެޅުމަށް 21 ހެކްޓަރުގެ ރުއްދަނޑެއް އޮތް ބިމެއް ސާފުކޮށް، ރުއް ގަހަށް ސަރުކާރުން ބަދަލުވެސް ދީފައިވެ އެވެ.

ޝިޒާން ވިދާޅުވީ ޖަލުގެ މަސައްކަތް ގޮސްފައި އޮތް ހިސާބެއް ބެލުމަށް ހޯމް މިނިސްޓްރީއަށް ސިޓީވެސް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށްވެސް އެކަމާ ގުޅޭ މައުލޫމާތު ކައުންސިލަށް ފޯރުކޮށްދީފައިނުވާކަމަށް އޭނާ ވިދާޅުވި އެވެ.

ނޭކުރަންދޫގައި އެޅުމަށް ހަމަޖެހިފައިވަނީ ޖަލަކީ ގާތްގަނޑަކަށް 300 މީހުންގެ ޖާގައިގެ ޖަލެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355