twitterviber whatsapp telegramfacebookyoutube instagram
18th May 2024

ހަލީމާގެ މޫނަށް ޖަހާފައިވަނީ ލައްފިލުވާ: ފުލުހުން

Dec 26, 2016

ށ ޅައިމަގު އަންހެން ކޮމެޓީގެ ރައީސާ ހަލީމާ އާދަމްގެ މޫނަށް ޖަހާފައިވަނީ ލައްފިލުވާކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ހަލީމާގެ މޫނަށް ކެމިކަލް ޖެހި މައްސަލައިގައި ފުލުހުން ރޭ އާއްމުކުރި ބަޔާނުގައި ބުނެފައިވަނީ، ހަލީމާގެ މޫނަށް ޖަހާފައިވަނީ ލައްފިލުވާ(ބްލީޗް)ކަން އެނގިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިމައްސަލަ ސީރިއަަސް މައްސަލައެއްގެ ގޮތުގައި ތަހްގީގުކުރަމުންދާއިރު ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާކަމަށެވެ. އަދި މިމައްސަލައިގައި ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށް، ކަން ހިނގާފައިވާ ތަހުގީގު މިހާރު ހޯދިފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.

މި މައްސަލައިގެ ތުހުމަތުގައި ޑިސެމްބަރު 24 ވަނަ ދުވަހުގެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 21 ފިރިހެނެކެވެ.

ފުލުހުން ބުނެފައިވަނީ މިމައްސަލައިގެ ތަހުގީގު ނިންމައި އަވަސް މުއްދަތެއްގެ ތެރޭގައި ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވުމަށް ދަނީ މަސައްކަތްކުރަމުންދާ ކަމަށެވެ..

މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް މުއްދަތު ދީފައެވެ. އެގޮތުން 23 އަހަރުގެ މީހާއަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 21 އަހަރުގެ މީހާއަށްވަނީ 7 ދުވަހުގެ މުއްދަތެއް ދީފައެވެ.

ކެމިކަލް ޖެހުމުގެ ސަބަބުން ހަލީމާ ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ހޯދާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355