twitterviber whatsapp telegramfacebookyoutube instagram
18th May 2024

ހިޔާލު ތަފާތުވާ ކަންކަމުގައިވެސް ގައުމީ މަސްލަހަތު އިސްކުރަންޖެހޭ: ރައީސް

Dec 26, 2016

ހިޔާލު ތަފާތުވާ ކަންކަމުގައިވެސް އަމިއްލަ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު ކުރިއަށްނެރެ ނަމޫނާ ދައްކަވާ ބަޔަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.

އެ މަނިކުފާނު މިހެން އިލްތިމާސްކުރެއްވީ ދިވެހިރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގަ އެވެ.

ރާއްޖޭގެ ރައްޔިތުން ދައްކަވައިދެއްވި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތިވެރި ގުޅުމުގެ ހަނދާންތައް އާ ކުރުމުގެ ގޮތުންކަމަށް ފާހަގަކުރެއްވިއެވެ. އަދި ސުނާމީ ކާރިސާއަކީ ފަހަކަށްއައިސް ރާއްޖެއަށް ކުރިމަތިވި އެންމެބޮޑު ނުރައްކާތެރި ޤުދުރަތީ ހާދިސާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސުނާމީގެ ހިތާމައިގެ އަސަރުގަދަ ޝުއުރުތައް މިހާރުވެސް ހިތްތަކަށް ވެރިވަމުންދާކަމަށާއި ރާއްޖޭގައި ވަކިވަކިން މިއޮތް ޖަޒީރާ ރަށްތަކުގެ ރައްޔިތުން، އެ ކާރިސާއާ ގުޅިގެން ކުރިމަތިލާންޖެހުނު ހިތްދަތިކަމާއި، އެތައް ދުވަހެއްވަންދެން އުޅެންޖެހުނު ހިތްދަތި ގޮތްތައް، މިހާރުވެސް ހިތްތަކުގައި އާވެ އާލާވަމުން ދާކަމަށެެވެ.

ސުނާމީ ކާރިސާގެ ބިރުވެރިކަމާ ކުރިމަތިލާންޖެހުނު ދަނޑިވަޅުގައި ފެނިގެންދިޔައީ، އަމިއްލަ ފުރާނައަށްވުރެ އަނެކާގެ ފުރާނަ ސަލާމަތްކުރުމަށް އަހަންމިއްޔަތާ ރައްޔިތުންގެ ރައްކާތެރިކަމަށް ދިން ސަމާލުކަމެއްގެ ގޮތުގައި ކަން ރައީސް ވިދާޅުވި އެވެ.

މި މަތިވެރި ނަމޫނާއިން މިއަދުވެސް އިބްރަތް ހާސިލުކޮށް، ޤައުމުގެ އެއްބައިވަންތަކަމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ އަޒުމް އާކުރުމަށް އެންމެންގެ މައްޗަށް އޮތް ޤައުމީ ވާޖިބެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355