twitterviber whatsapp telegramfacebookyoutube instagram
22nd May 2025

ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނެއްގެ ކޮނޑުކަށިގަނޑު ބިދިއްޖެ

Dec 26, 2016

ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް މީހެއްގެ ގައިން ނައްޓަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެ، ގޮސް ވެއްޓި އަނިޔާވެއްޖެ އެވެ.

ރޭ ކުޅުދުއްފުށީ އަމީނީމަގުގައި ހިނގި މިއެކްސިޑެންޓްގައި އަނިޔާވި ސައިކަލް ދުވަންއިން 24 އަހަރުގެ ޒުވާނާއަށެވެ. އިތުރު މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލެއް ކޭއޯއަށް ވިދާޅުވީ ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާގެ ކޮނޑުކަށިގަނޑު ބިންދައިގެން ގޮސްފައިވާކަމަށެވެ.

އަދި އެމީހުން އަމިއްލައަށް އެދިގެން ރޭ ފަތިހުގެ ވަގުތެއްގައި މާލޭ ގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355