twitterviber whatsapp telegramfacebookyoutube instagram
18th May 2024

ރާއްޖޭގެ ސްކޫލުތަކަށް އެނާޖީ ޑްރިންސް ވެއްދުމާއި ވިއްކުން އަދި ބުއިން މަނާކޮށްފި

Dec 26, 2016

އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލް، މަދަރުސާތަކެއްގައި އެނާޖީ ޑްރިންސް ވިއްކުމާއި ބުއިން އެޑިއުކޭޝަން މިނިސްޓްރީން މަނާކޮށްފި އެވެ.

އެމިނިސްޓްރީން މިއަދު ނެރުނު ސާކިއުލާގައި ބުނެފައިވަނީ އެނާޖީ ޑްރިންސްގެ ބާވަތްތަކުން ސިއްހަތަށް ލިބޭ ގެއްލުމުން ރައްކާތެރިވުމާ ގުޅޭ ގޮތުން ފިޔަަވަޅުތައް އެޅުމަށް ރައީސް އޮފީހުން މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ.

އެގޮތުން ސްކޫލުތަކުގައި ބާއްވާ އެކި ހަރަކާތްތަކުގައި އެނާޖީ ޑްރިންސް އާއި އެތަކެތީ ސްޕޮންސަރ ބޭނުންކުރުމާއި އިސްތިރުކުރުންވަނީ މަނާ ކޮށްފަ އެވެ. އަދި އެނާޖީ ޑްރިންސްގެ އިސްތިހާރުތައް ސްކޫލުތަކުގެ އިމާރާތުގައި ތިބޭ ފަރާތްތަކަށް ފެންނަ ގޮތަށް މަގުމަތިންނާއި އިމާރާތްތަކުގައި ހަރުންކުރުންވެސް ވަނީ މަނާކޮށްފަ އެެވެ.

ސްކޫލުތަކުގެ ކެންޓީންތަކުގައި އާއި ސްކޫލުތަކުގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތަކުގައި އެނާޖީ ޑްރިންސް ވިއްކާގެން ނުވާނެ ކަމަށެވެ. އަދި ދަރިވަރުންނާއި ސްކޫލުތަކުގެ މުވައްޒަފުން އެއްވެސް ބާވަތެއްގެ އެނާޖީ ޑްރިންކްއެއް ސްކޫލުތަކަށް ގެނައުން މަނާކޮށްފައިވެ އެވެ.

އެނާޖީ ޑްރިންކްސްގެ އެއްވެސް އިސްތިހާރެއް ސްކޫލު ގޯތި ތެރޭގެ ވަށައިގެންވާ މަގެއްގައި، ނުވަތަ ސްކޫލުގައި ތިބޭއިރު އެއްވެސް ފަރާތްތަކުން ފެންނަ ހުންނާނެގޮތަށް ބަހައްޓާފައިވާ ނަމަ ކަމާ ބެހޭ ފަރާތްތަކަށް އެންގުމަށް އެދިފަވެ އެވެ.

މާލޭގައި ނަމަ ހައުންސިންގ މިނިސްޓްރީއަށް އަދި އަތޮޅުތަކުގައި ނަމަ އެރަށެއް ސިޓީ ނުވަތަ ރަށު ކައުންސިލަކަށް އަންގަވާއި، އެފަދަ އިސްތިހާރުތައް ނެގުމަށް ދަންނަވާކަމަށް މިނިސްޓްރިގެ ސާކިއުލާގަވެ އެވެ.

.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355