ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންނަ އަހަރުވެސް ކުޅުދުއްފުށީގައި ދުވުމެއް ބޭއްވުމަށް ނިންމައިފި އެވެ.
އަންނަ އަހަރު ދުވުމެއް ބާއްވާނެކަން ރެޑްކުރެންސެންޓުން އިއުލާންކުރީ މިއަދު އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް މިއަދު ހަވީރު ކުޅުދުއްފުށީގައި ބެއްވި ދުވުން ނިންމާ، ޓްރޮފީ ހަވާލުކުރުމުގެ ރަސްމިއްޔާތުގަ އެވެ.
” އަންނަ އަހަރު ބާއްވަން ގަސްތުކުރަނީ ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހުގައި ކަން އިއުލާންކުރަން ” ރެޑްކުރެސެންޓް ހދ ގޮފީގެ އޮފިޝަލަކު ވިދާޅުވި އެވެ.
އަންނަ އަހަރު ބާއްވަން ހަމަޖައްސާފައިވާ ދުވުމުގައި ބޭނުންކުރާ ޓީޝާޓް ސްޕޮންސަރކުރުމަށް ފުރުސަތު މިއަދު ވަނީ ހުޅުވާލާފައި އެވެ.
އިންސާނިއްޔަތުކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުތރަނީ އޯގަސްޓް 18 ވަނަ ދުވަހެވެ.