twitterviber whatsapp telegramfacebookyoutube instagram
18th May 2024

ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ބޮޑު މަޝްރޫއުއެއް އަންނަ އަހަރު ފަށަނީ

Dec 27, 2016

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ ގޮތުން އަންނަ އަހަރު ބޮޑެތި މަޝްރޫއުތަކެއް ކުރިއަށްގެންދަން ހަމަޖެހިފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ހުރި މައި ދެ ހޮސްޕިޓަލުން ޓާޝަރީ ފެންވަރަށް ބަދަލުކޮށް، މިހާރަށް ވުރެ ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ރައީސް ޔާމީންގެ ރިޔާސީ ވައުދެކެވެ.

ކޭއޯއަށް ދެއްވި ބަސްތީގަތުމެއްގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މިނިސްޓަރު ޑރ އަބުދުﷲ ވަހީދު މިއަދު ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫއުއެއް އަންނަ އަހަރު ކުރީކޮޅު ފަށާނެ ކަމަށެވެ.

ވަހީދު ވިދާޅުވީ މިނިސްޓްރީގެ ވިސްނުން ހުރީ ބޭރުގެ ކުންފުންޏަކާއި ގުޅިގެން ކުރިއަށްގެންދާގޮތަށް ކަމަށެވެ. އެގޮތުން އިންޑިޔާގެ މަޝްހޫރު މިމްސް ހޮސްޕިޓަލާއެކު މިހާރު ވާހަކަދައްކަވަމުން ގެންދަވާކަމަށް ސްޓޭޓް މިނިސްޓްރ ޑރ ވަހީދު ވިދާޅުވި އެވެ. އެކަމާ ބެހޭ ތަފްސީލް އަދި ދެވެން ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އޮފަރޭޝަން ޓިއޭޓަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް މިހާރުވެސް ދަނީކުރަމުންނެވެ. ވަހީދު ވިދާޅުވީ ބަޔަކާ ހަވާލުކުރާނީ މިހާރު ހޮސްޕިޓަލްގައި ކުރަމުންދާ މަސައްކަތް ނިމުމުން ކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އައިޖީއެމްއެޗް ފިޔަވާ އެންމެ ގިނަ ރައްޔިތުން ހިދުމަތް ހޯދާ ސަރުކާރު ހޮސްޕިޓަލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355