twitterviber whatsapp telegramfacebookyoutube instagram
18th May 2024

ފުލުހުންނާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

Dec 27, 2016

ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި އިޖްތިމާއީ ހަމަޖެހުން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފުއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު ބާގިރު އެވެ.

ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވެފައި ވަނީ މިއެއްބަސްވުން އެކުލަވާލުމުގެ ކުރިންވެސް ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި ގުޅޭ މަސައްކަތްތައް އިސްލާމިކް މިނިސްޓްރިއާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދަވާ ކަމަށާއި މަސައްކަތް އިތުރަށް ހަރުދަނާވެ ކުރިއަށްވުރެ ހަލުއިކަމާއެކު ކުރިއަށް ގެންދެވޭނެ މަގުފަހިވެގެން ގޮސްފައިވާކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މި އެއްބަސްވުމާއި ގުޅޭ ގޮތުން މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒިޔާދު ބާގިރު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ދިވެހި މުޖުތަމައުގެ ތެރޭގައި ހުރި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި މުޖުތަމައުގެ އަމާންކަމާއި އިސްތިގުލާލު ހިފެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭނެ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

މިއެއްބަސްވުމުގެ ދަށުން ދީނީ ގޮތުން ހައްދުފަހަނަ އެޅުމާއި އިސްލާމް ދީނާއި ދެކޮޅުވުމުގެ މައްސަލަތަކާއި ގުޅޭ ގޮތުން ލިބޭ މައުލޫމާތުތައް ދެފަރާތުގެ މެދުގައި ހިއްސާކުރުމާއި އެފަދަ ކަންކަން ހުއްޓުވުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމަށް ހަމަޖެހިފައިވެއެވެ. އަދި މިފަދަ ޕްރޮގްރާމްތައް ރާވާ ހިންގުމުގައި އެއްބަޔަކު އަނެއް ބަޔަކަށް ފަންނީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް ވެސް ވަނީ އެއްބަސްވެފައި އެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީގެ އިތުރުން ފުލުހުންގެ އެހެނިހެން އިސްވެރިނާއި އިސްލާމިކް މިނިސްޓްރީގެ އިސްވެރިންވެސް ވަނީ ބައިވެރިވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355