twitterviber whatsapp telegramfacebookyoutube instagram
2nd June 2026

އޮފީސްތަކުން ނެރޭ ލިޔުންތައް އެއޮފީހަކުން ގެޒެޓްކުރާ ގޮތަށް ރައީސް ހަމަޖައްސަވައިފި

Dec 27, 2016

ސަރުކާރުގެ ހިންގުން ހަރުދަނާކުރެއްވުމާއި، އޮފީސްތަކުގެ މަސައްކަތްތައް ހަލުވިކުރެއްވުމުގެ ގޮތުން 2017 ޖަނަވަރީ 15 ވަނަ ދުވަހުން ފެށިގެން ދައުލަތުގެ އޮފީސްތަކުން ނެރުއްވާ އިއުލާންތަކާއި ދެންނެވުންތަކާއި ނޫސްބަޔާންތައް، އެ ލިޔުމެއް ނިސްބަތްވާ އޮފީހަކުން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމުގައިވާ ގޮތުން، މިގޮތަށް ހަމަޖެއްސެވިނަމަވެސް، މިހާރެކޭ އެއްގޮތަށް ދައުލަތުގެ އޮފީސްތަކުން ނެރޭ ގަވާއިދާއި، އުސޫލުތަކާއި، މިފަދަ ގާނޫނީ އެހެނިހެން ލިޔުންތައް ކުރިއެކޭ އެއްގޮތަށް ގެޒެޓުގައި ޝާއިއުކުރައްވަމުން ގެންދަވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ.

ގެޒެޓުގައި ލިޔުންތައް ޝާއިއުކުރުމާބެހޭގޮތުން ދައުލަތުގެ އޮފީސްތަކުން އަމަލުކުރައްވަންވީ ގޮތް، ރައީސްޖުމްހޫރިއްޔާގެ އޮފީހުން އޮފީސްތަކަށް އަންގަވަމުން އެބަގެންދަވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355