twitterviber whatsapp telegramfacebookyoutube instagram
18th May 2024

ސޯލާ ޕެނަލް ހަރުކުރުމުގެ ބިޔަ މަޝްރޫއު އަންނަ ޖެނުއަރީމަހު ތިލަދުންމަތީގައި ފަށަނީ

Dec 28, 2016

ތިލަދުންމަތީގެ ރަށްތަކުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ ހަކަތަ އުފެއްދުމުގެ ބިޔަ މަޝްރޫއު އަންނަ ޖެނުއަރީމަހު ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އެންވަރމަންޓް މިނިސްޓްރީން ބުނެފި އެވެ.

ހއ. އަދި ހދ. އަތޮޅުގައި ހިމެނޭ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސޯލާ ޕެނަލް ހަރުކޮށް އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ބިޔަ މަޝްރޫއު ކުރިން ފަށަން އިއުލާންކޮށްފައިވަނީ މިއަހަރުގެ އެޕްރީލްމަހު އެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ މަޝްރޫއުވަނީ ނުފެށިފައި، މިހާރު މަސައްކަތްކުރަމުންދަނީ އަންނަ އަހަރުގެ ޖެނުއަރީމަހު ފެށުމަށެވެ.

އެމަޝްރޫއުއާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އެމިނިސްޓްރީންގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު އަލީ މިއަދު ކޭއޯއަށް ވިދާޅުވީ އެމަސައްކަތުގެ މިހާރު ކުރިއަށްދަނީ ފައިނަލް ބިޑް އިވެލުވޭޓްކުރުން ކަމަށާއި އަންނަ ޖެނުއަރީމަހު ސޮއެކުރެވި، އަމަލީ މަސައްކަތް ފެށޭ ވަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސޯލާ ޕެނަލް ހަރުކޮށް ދުވާލު ގަޑީގައި އުފައްދާ ކަރަންޓްގެ 30 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ސޯލާ ޕެނަލް ހަރުކުރުމަށް ހަމަޖެހިފައިވަނީ އެރަށެއްގައި ހުންނަ ދައުލަތުގެ އިމާރާތްތަކުގަ އެވެ. މިމަޝްރޫއުގެ ދަށުން ތިލަދުންމަތީގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސޯލާ ޕެނަލް ހަރުކުރުމަށް ވަނީ ނިންމާފަ އެވެ.

ހއ. އަދި ހދ. އަތޮޅު ހިމެނޭ ތިލަދުންމައްޗަކީ 50،000 މީހުންގެ އާބާދީއެއް އޮތް ސަރަހައްދެކެވެ. މި ދެ އަތޮޅުގައި ޖުމްލަ 27 ރަށުގައި މީހުން ދިރުއުޅެމުންދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355