twitterviber whatsapp telegramfacebookyoutube instagram
14th September 2025

ރައީސް ޔާމީންގެ 3 އަހަރުގައި ތަރައްގީގެ ގޮތުގައި ކުޅުދުއްފުށީ ދިޔައީ ފަހަތަށް: ކައުންސިލް ރައީސް

Dec 28, 2016

ރައީސް ޔާމީންގެ ވެރިކަމުގައި ފާހަގަކޮށްލެވޭ ތަރައްގީއެއް ކުޅުދުއްފުއްޓަކަށް އައިސްފައެއް ނުވާކަމަށް ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ދެކުނު ފަރާތު ގޮނޑުދޮށް ހިމާޔާތްކުރުމާއި އެސަރަހައްދުގައި އާޓިފިޝަލް ބީޗަކާއި ހޮސްޕިޓަލަށް ބައެއް މެޝެނަރީއާއި ފުޓްސެލް ދަނޑެއް ތަރައްގީކުރެވިފައިވާކަން އަލީ ފާހަގަކުރެއްވި އެވެ. ނަމަވެސް އެއީ 3 އަހަރުގެ ތެރޭގައި ކުޅުދުއްފުއްޓަށް އެކަށީގެންވާ ތަރައްގީއެއް ނޫން ކަމަށް އަލީ ވިދާޅުވި އެވެ.

ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވެވަޑައިގެން ވައުދުތަކުގެ ތެރެއިން، އެވައުދުތަކާ ގާތްކުރާ ވަރަށްވެސް ވެރިކަމުގެ 3 އަހަރު ކުޅުދުއްފުއްޓަށް ތަރައްގީ ނެގެވިފައި ނުވާކަމަށް އަލީ ވިދާޅުވި އެވެ.

” ރައީސް ޔާމީންގެ ވެރިކަމުގަ ކުޅުދުއްފުށީ ރައްޔިތުން ގަބޫލުކުރާ މިންވަރަށް ތަރައްގީ ގެނެވިފައެއް ނުވޭ ” ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވި އެވެ.

އަލީ ވިދާޅުވީ 2009 ވަނަ އަހަރުން ފެށިގެން ކުޅުދުއްފުށީ ދިޔައީ ތަރައްގީވަމުން ކަމަށާއި ތަރައްގީގެ މަޝްރޫއުތައް ހުއްޓުނީ 2012 ވަނަ އަހަރުކަމަށެވެ. އަދި އެހިސާބުން މިއަދާ ހަމައަށް ތަރައްގީގެ ގޮތުގައި ކުޅުދުއްފުށީ ވަނީ ބޮޑުތަނުން ފަހަތަށް ޖެހިފަކަމަށެވެ.

އަލީ ވިދާޅުވީ ކައުންސިލުގެ ސަބަބުން ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ނުފެށި އަދި ހުއްޓިފައެއްވެސް ނޯނާނެކަމަށެވެ. އަދި ހުރަސް އަޅާފައެއްވެސް ނުވާނެކަމަށް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355