twitterviber whatsapp telegramfacebookyoutube instagram
14th August 2026

އިސްލާމްވި ދުވަހުގެ ޖަލްސާ އަންނަ ހުކުރު ދުވަހުގެ ރޭ

Dec 28, 2016

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާ އަންނަ ހުކުރު ދުވަހު ރޭ ބާއްވަން ނިންމައިފި އެވެ.

އެހެން އަހަރުތަކާ ތަފާތުކޮށް މިއަހަރު ރާއްޖެ އިސްލާމްވި ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ބާއްވާ ޖަލްސާ ބާއްވަން ނިންމާފައިވާ 4 ސަރަހައްދެއްގައި އެއްވަގުތެއްގައި އެއް ޖަލްސާއެއްގެ ގޮތުގަ އެވެ.

އެގޮތުން މިއަހަރު ރާއްޖޭ އިސްލާމްވި ދުވަހުގެ ޖަލްސާ ބާއްވަން ހަމަޖައްސާފައިވަނީ މާލޭ، އައްޑޫ، ކުޅުދުއްފުށީ އަދި ފޯއްމުލަކުގަ އެވެ.

އަންނަ ހުކުރުދުވަހުގެ ރޭ ބާއްވަން ނިންމާފައިވާ މިޖަލްސާ ކުޅުދުއްފުށިގައި އޮންނާނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގަ އެވެ. ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 9 ޖަހާއިރު އެވެ.

ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި އެދުވަހުގެ މަޤްރިބި ނަމާދަށް ފަހު ހާއްސަ ދުއާއެއް ކުރުން އޮންނާނެ އެވެ. ދުއާކުރުމަށް ފަހު ދިދަ ނެގުންވެސް ކުރިއަށްދާނެ އެވެ. ކުޅުދުއްފުށީގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށްދާނީ އަތޮޅު ކައުންސިލް އިދާރާގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355