twitterviber whatsapp telegramfacebookyoutube instagram
13th April 2026

ޗުއްޓީ ހޭދަކޮށްލުމަށް ރައީސް މައުމޫނުގެ ދެކަނބަލުން ހަނިމާދޫއަށް ވަޑައިގެންފި

Dec 28, 2016

ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލް ޤައްޔޫމުގެ ދެކަނބަލުން ޗުއްޓީ ހޭދަކޮށްލުމަށް ހދ ހަނިމާދޫއަށް ވަޑައިގެންފި އެވެ.

ރައީސް މައުމޫނުގެ ދެކަނބަލުންނާއެކު މިދަތުރުފުޅުގައި ދަރިކަނބަލުން ޔުމްނާ މައުމޫނުވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވެރިކަމުން ވަޑައިގަތުމަށް ފަހު ޗުއްޓީއަކަށް އަތޮޅުތެރެއަށް މިއީ މައުމޫނު ވަޑައިގަން ފުރަތަމަ ފަހަރެވެ.

ނަސްރީނާ ހަނިމާދޫގެ އަންހެންވެރިންތަކަކާ އެކު–

މިދަތުރުފުޅުގައި މައުމޫނުގެ ދެކަނބަލުން ރަށުގެ ތެރެއަށް ނުކުމެ، ރައްޔިތުންނާ ބައްދަލުކޮށް ބައެއް ކަންކަމުގައި މަޝްވަރާކޮށް ހަދައްވާކަމަށް މައުލޫމާތު ލިބެ  އެވެ.

ޗުއްޓީގެ މިދަތުރުފުޅުގައި މައުމޫނު ހަނިމާދޫގައި އުޅުއްވާތާ މިހާރު 3 ވަރަކަށް ދުވަސް ވަނީވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355